ގާނޫނީ ރަދީފު ފޮތް ނެރެދެއްވީ އަލީ ޔަހްޔާ

190720_3_20980988fe792aab23059ac4b0fcfb16b0bc816a_medium.jpg

ފޮޓޯ : ހުސްނުއްސުއޫދު ޓްވިޓަރ

މޯލްޑިވްސް ލޯ އިންސްޓިޓިއުޓް ގެ ދިވެހި ބަހުގެ ގާނޫނީ ރަދީފު އަދި އޭގެ އެންރޮއިޑް އިއްޔެ ވަނީ އިފްތިތާހު ކޮށްފައެވެ. މި ޚަބަރުއިވީއަށް ވަރަށް މުހިއްމު ޚަބަރަކަށް ވަނީ ” ގާނޫނީ ރަދިފު ނެރެދެއްވާފައިވަނީ އޭދަފުށީގެ ކުރީގެ ކަތީބު އަލީ ޔަހްޔާ ކަމަށް ވާތީއެވެ.

އެ ހަފުލާގައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުންވެސް ރާއްޖޭގެ ފުންނާބު އުސް ގާނޫނީ ވަކީލުން ބައިވެރިވެވަޑައިގަތެވެ.

މިފަދަ ފުންނާބު އުސް ގާނޫނީ ޖަމާއަތަކުން ނެރޭ ގާނޫނީ ގޮތުން ވަރަށް ބަރު ފޮތެއް، މުސްކުޅިވެގެން ރިޓަޔަރ ވެފައިހުރި ކަތީބަކަށް މި ޝަރަފް އެ އިންސްޓިޓިއުޓުން ދިނީ ކީއްވެތޯ ކުރެވޭ ސުވާލަށް އީވީއަށް ވަނީ ޖަވާބު ލިބިފައެވެ.

“އަލީ ޔަހްޔާއަށް އެޝަރަފް ދޭން ޖެހުނީ އޭދަފުށީ ކަހަލަ އާބާދީ ބޮޑު ރަށެއްގައި އެތައް އަހަރަކު އަލީ ޔަހުޔާ ވެރިކަން ކުރައްވާފައިވާއިރު އޭދަފުށީގައި މިއަދާ ހަމައަށްވެސް އޮތް ސުލްހަވެރިކަމާއި އަމާންކަމާއި އޭދަފުއްޓަކީ ޖިނާއީ މައްސަލަ މަދު ތަނަކަށް ހެއްދެވުވުމުގައި އަލީ ޔަހްޔާގެ ހިއްސާ ބޮޑުކަމަށް ގަބޫލު ކުރެވޭތީ.” ލޯއިންސްޓިޓިއުޓުން ގަބޫލު ކުރައްވާ ގޮތަކީ މިއީއެވެ.

ގާނޫނީ ރަދީފުގައި ގާނޫނީ ބަސްތަކުގެ މާނަ ތަފްސީލާއެކު ހިމަނާފައިވެ އެވެ. އިނގިރޭސީން ބޭނުންކުރާ ބަސްތަކާ އެކު އެފޮތުގައި 1200 އަށްވުރެ ގިނަ ބަސް ހިމެނެ އެވެ.

ފޮތުގެ އެންޑްރޮއިޑް އެޕްލިކޭޝަން މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އައިއޯއެސް އެޕްލިކޭޝަން ވެސް މާ ލަސްތަކެއް ނުވެ ލޯންޗްކުރަން ވަނީ ނިންމައިފަ އެވެ.

އޭދަފުށީ ވޮއިސްގެ ފަރާތުން އަލީޔަހުޔާ އަށް އޭދަފުއްޓަށް އަނެއްކާވެސް ހޯއްދަވައިދެއްވި ރީތި ނަމަށް މަރުހަބާ ކިޔަމުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top