ރައްޔިތުންގެ މަޖިލީހުގެ އެދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް)ގެ ރެޑްވޭވުގެ ފިހާރަތަކުން ގަލަންޒް ބްރޭންޑުގެ އިންވާޓާރ އޭސީ ރާއްޖެއަށް ތައާރަފްކޮށް ހުރިހާ އޭސީ އަކުން އަގުތައް ހެޔޮވެގެންދާ، ރެޑްވޭވްގެ “މެގަ އޭސީ ސޭލް” ފަށައިފި އެވެ.
ގަލަންޒް ގްރޫޕަކީ އިލެކްޓްރޯނިކްސް އުފެއްދުމުގައި 40 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.
ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވަނީ ގަލަންޒް ގެ އާރކަސް ސީރީސްގެ L71 އެވެ. އެގޮތުން މި އޭސީއަކީ 3ޑީ ޑީސީ އިންވާޓާރ ޓެކްނޮލޮޖީ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ، ވަރަށް ބޮޑުތަނުން ޚަރަދުކުޑަ އޭސީއެކެވެ. ގަލަންޒް އިންވާޓަރ އޭސީގައި ހިމެނެނީ، ޖަޕާނު ޓެކްނޮލޮޖީގެ ކޮންޕްރެސަރެކެވެ. ތިމާވެއްޓާއި ރައްޓެހިވާނޭ ގޮތައް ފަރުމާ ކުރެވިފައިވާ މި އޭސީ އަކީ އަޑު އެހާމެ މަޑު އަދި އަވަހަށް ފިނިކޮށްދިނުމުގެ ޤާބިލްކަން (ޓާރބޯ ކްލީނިންގް) ލިބިފައިވާ އޭސީއެކެވެ.
ރެޑްވޭވުން ގަލަންޒް ބްރޭންޑްގެ ތިން ސައިޒެއްގެ އޭސީ ވަރަށް ހެޔޮ އަގެއްގައި މިހާރު ލިބެން ހުރިއިރު ހުރިއިރު 9000 ބީޓީޔޫގެ އިންވާޓާ އޭސީ ގެ އަގަކީ 4،840ރ.އެވެ. 12000 ބީޓީޔޫގެ އިންވާޓާ އޭސީ 5،890ރ އަށް ލިބެން ހުރިއިރު 18000ބީޓީޔޫގެ އިންވާޓާ އޭސީއެއްގެ އަގަކީ 7،890ރ އެވެ.
ގަލަންޒް އިންވާޓާ އޭސީ ރެޑްވޭވުން ލިބިވަޑައިގަންނަވާނީ އެއްއަހަރު ދުވަހުގެ ވޮރަންޓީ އާއި އެކުގައެވެ.
ރެޑްވޭވުން ބުނީ އެ ކުންފުނީގެ އަމާޒަކީ އޭސީ ބައްލަވާގަތުމުގައި ކަސްޓަމަރުން ގެންގުޅުއްވާ “އަގު ހެޔޮ ވުމަކީ ކޮލިޓީ ދައްވުން” ކަމުގައި ދެކޭވިސްނުން ބަދަލުކޮށް، ކޮލިޓީ ބްރޭންޑެއް ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.