ފޭލި، ޤުރުއާން މުބާރާތް މިމަހު 25ގައި

1ވަނަ-800x490-800x490.jpg

މިދިޔަ އަހަރު ބޭއްވި ފޭލި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ : އީވީ ފައިލް ފޮޓޯ

ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ ) އިން ބާއްވަމުން އަންނަ ޤުރުއާން މުބާރާތް މި މަހު 25ގައި ފަށާނެކަމަށް ފޭލި ޖަމިއްޔާއިން ބުނެފިއެވެ.

ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ރީތިކޮށް ތަޖްވީދު މަގަށް ޤުރުއާން ކިޔެވުމުގެ އާދަ ހަރުލެއްވުމުގެ މަގްސަދުގައި ފޭލި ޖަމިއްޔާއިން މި މުބާރާތް ބާއްވަމުން އަންނަތާ 16 އަހަރު ވެފައިވާއިރު މިއީ 17 ވަނަ މުބާރާތެވެ.

250 ކުދިން ބައިވެރިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ކޮންމެ ބަޔަކުން އެކި އުމުރުފުރާތަކުން އެންމެމޮޅު ފަސް ބައިވެރިންނާއި މުޅި މުބާރާތުގެ ދެ ބައިން އެންމެ މޮޅު ތިން ބައިވެރިން ހޮވުމަށް ހަމަޖެހި އެފަރާތްތަކަށް އިނާމުދިނުމަށް ހަމަޖެހިފައިވެއެވެ.

ކުރީއަހަރާ އަލާބަލާއިރު މިއަހަރު މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތައް މަދުކަން ފާހަގަ ކުރެވެއެވެ.

މުބާރާތުގެ ބައިވެރިންގެ ލިސްޓް ފޭލި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެކަމަށް ފޭލި ޖަމިއްޔާއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top