ދީނާ ހިލާފު ކޮންޓެންޓް ހުރި ފޮތް ވާނީ އިސްލާހުކޮށްފައި: އެޑިއުކޭޝަން

ލލލ.jpg

ރާއްޖޭ ސްކޫލުތަކުގައި ކިޔަވައިދޭ ފޮތެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރިކަމަށް ދައުރުވާ ފޮޓޯއަކީ 2014 ވަނަ އަހަރު ޗާޕުކުރި ފޮތެއް ކަމަށާއި އެފޮތުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރިކަން ފާހަގަ ވުމާއެކު އެކަން އިސްލާހުކޮށްފައި ވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ގްރޭޑް 8 ގެ އިނގިރޭސި މާއްދާ ކިޔަވައިދޭން ބޭނުންކުރަމުން އަންނަ “އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް” ފޮތުގައި ޕްލެނެޓެއް ރަމްޒުކޮށްދެނީ ކޮން ކަލާނގެއެއްތޯ ސުވާލުކޮށްފައި އޮތް މައްސަލައެއް މީސް މީޑިއާގައި ފެންމަތިވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ 2014 ވަނަ އަހަރު ޗާޕްކުރި ފޮތެއް ކަމަށާއި ކޮންޓެންޓުގައި މައްސަލައެއް ހުރިކަން ފާހަގަވެގެން އެ ފޮތަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް ސްޓޮކްގައި ކުރީގެ ޗާޕުގެ ގިނަ އަދަދެއްގެ ކޮޕީ ހުރުމުން އެ ފޮތްތައް ވެސް ސްކޫލުތަކަށް ފޮނުވާފައިވާ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިނގިރޭސި ފޮތުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރި ވާހަކަ އެޑިއުކޭޝަންގެ ސަމާލުކަމަށް ގެނެސްފައިވަނީ ދީނީ އަލީ ރަމީޒުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top