ބ. ހިތާދޫ ކައުންސިލުން ކުރިއަށްގެންދާ ”ހިތްފަސޭހަ ހިތާދޫ“ ފުޓްސެލް ފިއެސްޓާ މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޖުމްލަ 12 ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްދާނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ފުރަތަމަ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މިއީ 50 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ ދެ ޓީމެއް ބައްދަލުކުރާ މެޗެކެވެ.
މިއީ، ހިތާދޫ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އާލާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށްޓަކައި އެރަށު ކައުންސިލުން އިންތިޒާމުކުރާ މުބާރާތެކެވެ.
މުބާރާތުގެ ގުރޫޕުތައް ބެހިފައިވާ ގޮތް:
ގްރޫޕް އޭ: ވަރިހަމަ ޕްލަސް، ބަގޭ ސްޕޯޓްސް ކުލަބް ލެޖެންޑްސް، ދަ ބެސްޓް
ގްރޫޕް ބީ: ބަގޭ ސްޕޯޓްސް ކުލަބް، ޑީސީއެފްޓީ، ޓީމް ވެލާ
ގްރޫޕް ސީ: ބަރާބަރު ފުޓްބޯލް ކުލަބް، ތާޓީ ޕްލަސް، ވަރިހަމަ އެފްސީ
ގްރޫޕް ޑީ: ޑީސީއެސްސީ، ޓީމް ކަހަނބު، ބަގޭސް ކަންމަތި
މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ވަރިހަމަ ޕްލަސް އާއި ބަގޭ ސްޕޯޓްސް ކުލަބް ލެޖެންޑްސް އެވެ. އެއަށްފަހު 21:30 ގައި ބައްދަލުކުރާނީ ބަގޭ ސްޕޯޓްސް ކުލަބާއި ޑީސީއެފްޓީ އެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ.





