ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

medium_55372.jpg

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ )އިން ވިއްކާ ޕެޓްރޯލާއި ޑީސްލްގެ އަގު ހެޔޮކޮށްފިއެވެ.

އެގޮތުން ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ކުޑަކޮށް ، މިއަދުން ފެށިގެން  ޕެޓްރޯލާއި ޑީސަލް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މި ބަދަލާއެކު މިއަދުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.11 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 10.21 ލާރިއަށެވެ.

މިއީ މިއަހަރު އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރާ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ޖޫން މަހުވެސް ތެލުގެ އަގު ހެޔޮކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top