ބ.މުތާފުށީގައި މިއަހަރު ރިސޯޓެއް ހިންގަން ފަށާނެ

Muthaafushi-Lagoon.jpg

ތައިލެންޑުގެ އެންމެ ބޮޑު ހޮޓެލް ޗެއިން ސެންޓާރާ އިން ބ.މުތާފުށީގައި ތަރައްގީ ކުރާ ސެންޓާރާ ގްރޭންޑް މުތާފުށި، މި އަހަރު ހުޅުވާނެ ކަމަށް ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިތަކުން ބުނެފިއެވެ.

މޫދު އަޑީގެ ރެސްޓޯރެންޓަކާއި ފްލޯޓިން ސިނަމާއެކާއެކު ހުޅުވާ މި ރިސޯޓުގައި 24 އެއްގަމު ވިލާ އާއި 77 މޫދު ވިލާ ހުންނާނެ އެވެ. އަދި މިތަނުގައި މޫދު އަޑީގެ ރެސްޓޯރެންޓެއްގެ އިތުރުން ފްލޯޓިން ސިނަމާއެއް ވެސް ހުންނާނެ އެވެ. މީގެ އިތުރުން ތައި ސްޕާ ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް ވެސް ހިމެނެ އެވެ.

ބ. އަތޮޅުގެ ހުޅަނގު ދެކުނުގައި އޮންނަ މުތާފުށި ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިންގަން ސެންޓާރާއިން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ވެލް ލޭންޑް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރިލް މަހުގެތެރޭގައެވެ.

މުތާފުށި ތަރައްގީކުރަނީ ވެލް ލޭންޑާއި ޗައިނާގެ އޮރިއެންޓް އެސެޓް މެނޭޖްމަންޓް ހޮލްޑިން ލިމިޓެޑާ ގުޅިގެންނެވެ.

ތައިލެންޑްގެ އެންމެ ވަރުގަދަ ހޮޓެލް ޗެއިނުން ރާއްޖޭގައި މިހާރު ވެސް ދެ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ އދ. މައްޗަފުށީގައި ސެންޓާރާ ގްރޭންޑް އަދި ކ. ގިރާވަރުގައި ސެންޓާރާ ރަސްފުށިގެ ނަމުގައި ފަސް ތަރީގެ ރިސޯޓެވެ. އެ ކުންފުނިން ދުނިޔޭގެ ދިހަ ގައުމެއްގައި 65 ހޮޓާ ހިންގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top