ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ފުޓްބޯޅަ ޓީމާ ބަައްޓޭ ހަވާލުވެއްޖެ

19756361_1075618929253751_3282106807552724473_n.jpg

އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވާ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 18އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ކްލަބް ވެލެންސިއާގެ ކުރީގެ މަޝްހޫރު ފޯވަޑް މުހައްމަދު ޒާހިދު (ބައްޓޭ)  ހަވާލުވެއްޖެއެވެ.

މިނިވަން ޗެންޕިއަންޝިޕް ގައި އޭދަފުށި ޓީމަށް މިދިޔަ 3 އަހަރު ވެސް ކޯޗުކަން ކޮށްދިނުމުގެ އިތުރުން ޒުވާނުންގެ ކްލަބްވެސް ހިންގުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ބައްޓޭ ވަނީ އަތޮޅުގެބައެއް ރަށްރަށުގެ ފުޓްބޯޅަ ޓީމަށްވެސް ކޯޗްކަން ކޮށްދީގެން ރަނގަޅު ނަތީޖާ ވެސް ހޯދައި ދީފައެވެ.

ޓީމުގެ ކޯޗަކަށް މުހައްމަދު ޒާހިދު (ބައްޓޭ) ހަމަޖައްށަފައިވާ އިރު އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ  ކުރިން ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ކުޅެފައިވާ އޭދަފުއްޓަށް އުފަން ނާފިއު މުހައްމަދު ހާމިދު (ނާފި) އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު 2012 ވަނަ އަހަރު މި މުބާރާތުގައި ވާދަކުރިއިރު ވެސް އެ ޓީމުގެ ކޯޗަކަށް ހުރީ ބައްޓޭ އެވެ.

މި މުބާރާތުގައި ތައުލީމީ މަރުކަޒު ވާދަކުރަންޖެހެނީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ އެވެ.

މި މުބާރާތުގެ 18 އަހަރުން ދަށުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top