އޭދަފުށިން ގާސިމަށް ބޮޑު ތަރުހީބެއް

834e9367-1136-4764-b70c-8405e1f99711.jpeg

ގާސިމް، އޭދަފުށީގައި--ފޮޓޯ: ޖޭޕީ

ޖުމްހޫރި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު އޭދަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އޭދަފުށިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވަނީ މި ސަރުކާރަށް ވަރަށް ހޫނު، ބަހުގެ އަމަލާތަކެއް ވެސް އަމާޒު ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރު ކުރައްވާ ކަމަށާއި ގާސިމަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ކޮންމެ ގައުމެއްގެ ވެރިއަކަށް ފޮނުވި ސިޓީއެއް ދައްކަން ރައްޔިތުން ބޭނުންވިޔަސް ވަގުތުން ނޫހުގައި ޖަހައިދޭނެ ކަމަށެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ވީ އެއްބަސްވުން ދެއްކުމަށް ބުނުމުން ރައްޔިތުންނަށް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެ އެއްޗިހި ނުދެއްކި ކަމަށާއި ރައްޔިތުން މުޒާހަރާކޮށްފައި ދައްކަން އެންގުމުން ވެސް ނުދެއްކި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެއީ ރަނގަޅަށް ކޮށްފައިވާ ކަމެއް ކަމަށް ވާނަމަ ނުދެއްކެންވީ ކީއްވެތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.

މި ސަރުކާރުން ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ސަރުކާރުން ކޮށްފައިވާ ކަންތައް ރައްޔިތުން ފަޅާ އެރިއިރު، ރާއްޖޭގެ ހަތަރު ދިމާލުގައި އިންޑިއާ ސިފައިން މިއަދު އެބަތިބި ކަމަށެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް އެހެން ގައުމެއްގެ ސިފައިން މި ގައުމަށް ގެނެސްފި ކަމަށެވެ. ރާއްޖޭގެ ސަރަހައްދުން ބައެއް މި ސަރުކާރުން ދޫކޮށްލާފައިވާ ކަމަށާއި،، ކޮރަޕްޝަން އިންތިހާ ދަރަޖައަށް އިތުރުވެފައި ކަމަށް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއް މި ސަރުކާރުން ކުރަމުންދާއިރު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ލާ ވޯޓުގައި ރާއްޖޭގެ ރައްޔިތުން ރައީސް ސޯލިހް ދެވަނަ ދައުރަކަށް ވެރިކަމަށް ހޮވައިފިނަމަ އެކަމުން އަންގައިދެނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ރައްޔިތުން އެއްބަސްވާ ކަން ކަމަށް ގާސިމް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top