ރާއްޖޭގެ ޖުމްލަ ރިޒާވް ދަށަށް

186924_3_e740199f0d00c3c4c1110a921a186bb170bf7d39_medium.jpg

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި މިންވަރު ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ދަށަށް ގޮސްފިއެވެ.

އެމްއެމްއޭ އިން މިމަހުގެ 1ވަނަ ދުވަހު އާއްމު ކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ޖުމްލަ ރިޒާވްގައި 696.1 މިލިއަން ޑޮލަރު ހުރި ނަމަވެސް އެ އަދަދު ވަނީ 638.1 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އެހެންކަމުން ރާއްޖޭގެ ރިޒާވް އިން މިހާރުވަނީ 58 މިލިއަން ޑޮލަރު ދަށްވެފައެވެ.

ރާއްޖޭގެ ރިޒާވް އަކީ ރާއްޖެ އަށް ބޭނުންވާ މުދާ އިމްޕޯޓު ކުރުމަށް ބޭނުންވާ ޑޮލަރު ފޯރު ކޮށްދިނުމަށް ހާއްސަ ކޮށްފައިވާ އެއްޗެކެވެ.

ކޮވިޑާއި ގުޅިގެން އިމްޕޯޓު ދަށްވެފައިވާ ދަނޑިވަޅަކީ ރާއްޖެ އަށް އެންމެ މަދުން މުދާ އެތެރެކުރި ފަހަރެވެ. އެފަހަރު ވެސް 1.5 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެ އަށް އެތެރެކޮށްފައެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން މަނާ ކުރުމުން ރާއްޖޭގެ ޔޫސަބަލް ރިޒާވް ވެސް ވަނީ ވޭތުވެދިޔަ ފަސް އަހަރު ދަށް ނުވާ މިންވަރަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު ނިމުނުއިރު ޔޫސަބަލް ރިޒާވުގައި 315.8 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ޔޫސަބަލް ރިޒާވަށް އަސަރުކޮށް އެ ރިޒާވް ވަނީ ދަށްވާން ފަށައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top