މާލެއިން ރަށްރަށަށް ދަތުރު ކުރާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށް ނިންމައިފި!

IMG_20210218_164116471.jpg

އޭދަފުށި ބަނދަރުމަތި

މާލެ އިން ރަށްރަށަށް ކުރާ ދަތުރު ތަކުގައި ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އިއުލާނެއްގައި ބުނީ ކޮވިޑް-19 ފެތުރޭތީ މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެޅި ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި މީހުން އެއްވެ އުޅުމާއި ހަފްލާތަކާއި އިވެންޓުތައް ބޭއްވުމަށް އޮތް ލިމިޓް މިހާރު ވަނީ އުވާލާފައެވެ. އެކަމަކު، މިފަދަ ހަރަކާތްތައް ބާއްވަން ވާނީ އެޗްޕީއޭ އިން އާންމުކޮށްފައިވާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތަކަށް ކުޅި ބަލާ މީހުންނަށް ނުވަދެވޭ ގޮތަށް އޮތް އޮތުން އުވާލުމާއި އެކަމަކު، ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި އެޗްޕީއޭ އިން އާންމުކޮށްފައިވާ ކޮވިޑުން ރައްކާތެރިވުމުގެ ގައިޑްލައިންތަކަށް އަމަލު ކުރުމަށް ކުރުމަށް އެދިފައިވެއެވެ.

ފަހު ކަމެއްގެ ގޮތުގައި އޮތީ މާާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލުމެވެ.

ރަށްރަށަށް ފުރުމުގެ ކުރިން ކޮވިޑް ޓެސްޓް ހެދުން އެޗްޕީއޭ އިން މިހާތަނަށް ލާޒިމު ކޮށްފައި އޮތަސް، އެ ޓެސްޓް ހެދުމަށް ބައެއް މީހުން މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެއީ ޓެސްޓް ނުހަދާ ވެސް ބައެއް ރަށްރަށަށް އެރުމުގެ ފުރުސަތު ފަހިވެފައި އޮތުމުންނެވެ.

އެ ކަމަށް ރަށްރަށުގެ ކައުންސިލްތަކުން ވެސް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. އެހެންވެ، މިވީހާ ދުވަހު ވެސް އެއީ ނަމަކަށް ކޮށްފައި އޮންނަ ކަމަކަށް ވަނީ ވެފައެވެ.

މާލެ އިން ރަށްރަށަށް ދަތުރުކުރާއިރު، ޕީސީއާރު ހެއްދުން މަޖުބޫރު ކޮށްފައި އޮތް އޮތުން އުވާލީ ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފެށުމުންނެވެ. މިދިޔަ މަހު ދުވާލަކު 2،000 އަށް ވުރެ ގިނަ މީހުން ކޮވިޑް ބަލި ޖެހުނު ނަމަވެސް މި މަސް ފެށުނު ފަހުން އަދަދު ވަނީ ދަށްވާން ފަށައިފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ މިހާރު އުޅެނީ 1،000 އިން ދަށުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top