އެމްޕީ. އަލީ ވިދާޅުވަނީ ޖޭއެސްސީީގައި ނަޝީދު އިންނެވުމަކީ ބޮޑު މައްސަލައެއްކަމަށް

5E107D77-212F-4591-807E-B1C2854CB782.jpeg

މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނެވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު، އަލީ ހުސެން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި ބިލުގެ ބަހުސްގައި އަލީ ހުސައިން މިއަދު ވިދާޅުވީ މިއީ ވެރިކަމަށް އާދެވެން ދެން، އިދިކޮޅު ޕާޓީގެ ގޮތުގައި ހަތް އަހަރު އެމްޑީޕީ އޮތް އިރު ދެއްކި ވާހަކަތައް ކަމަށެވެ.

”ހަތް އަހަރު ވަން ދެން ވަކާލާތު ކުރި ކަންތައް ވެރިކަމަށް އައުމަށް ފަހު ތިން އަހަރު ވެގެން ދިޔައިރު ވެސް އެއަށް އަމަލު ނުކުރުމަކީ އެމްޑީޕީގެ އިޚްލާސްތެރި ކަމާ މެދު ސުވާލު އުފެދޭ ކަމެއް.“ އަލީ ވިދާޅުވިއެވެ.

އިހުލާސްތެރިކަމަކީ ގޯސްކޮށް އޮތްކަމެއްކަމަށް ތަކުރާރުކޮށް ހަތް އަހަރު ވަންދެން ވާހަކައެއް ދެއްކުމަށްފަހު ވެރިކަމަށް އާދެވުމުން “އެކަން ހަނދާން ނައްތާލާ ޣާފިލުކަންމަތީގައި” ތިބުން ނޫންކަމަށެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާ ތިއްބެވުން ނިމުމަކަށް ގެންނަން ޖެހޭކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އެކުލަވާލި ދުވަހުން ފެށިގެން ދައްކާ ވާހައަކީ ޖޭއެސްސީގެ މި ފޯމިއުލާ ކަމަކު ނުދާ ވާހަކަ ކަމަށާއި ޖޭއެސްސީގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް އިނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިނުމަށްވުރެ ބޮޑު މައްސަލައެއް އެބައޮތް ކަމަށެވެ. އެއީ އެހެން ތިން ފަނޑިޔާރަކު އުއްތަމަފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލަން ތިބުން ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

”ކިހިނަކުންތޯ ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލުކުރާނީ ދަށުކޯޓުގެ ފަނޑިޔާރަކާ ހައިކޯޓުގެ ފަނޑިޔާރަކާ ސުޕްރީމް ކޯޓުގެ ކޮންމެސް ފަނޑިޔާރަކާ ގޮސް ތިބެގެން އުއްތަމަފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލަން. މި ކިހިނެއް ހިނގާނެ ކަމެއް؟ މިއީ ހަގީގަތުގައި ޓެސްޓް ކުރެވި ފެއިލްވެފައިވާ މޮޑެލްއެއް.“ އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީ މިހާރު އޮތްގޮތުން ކުރެވޭ ކަމަކީ ފަނޑިޔާރުން ތަޅުއަޅުވާ ކޮންޓްރޯލް ކުރުން ކަމަށެވެ. އަދި މިހާރު އޮތް ޖޭއެސްސީން އެކަން ކުރާކަމަށް ނުބުނާ ކަމަށާއި، އެހެންނަމަވެސް އެ ފުރުސަތު އެބައޮތްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ޖޭއެސްސީ އޮންނަންވީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީ މިހާރު އޮތްގޮތުން ކުރެވޭ ކަމަކީ ފަނޑިޔާރުން ތަޅު އަޅުވާ ކޮންޓްރޯލް ކުރުން ކަމަށެވެ. އޭގެ ބަދަލުގައި ޖޭއެސްސީ އޮންނަންވީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top