”އަސާސީ ހިދުމަތަކީ ޖޫރިމަނާ އޮންނަން ޖެހޭ އެއްޗެއް ނޫން“

0ilyhmictq2u5dr3xyj08fk5keuaihxy99dj6hed-876x566-1.jpeg

މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަސާސީ ހިދުމަތަކީ ޖޫރިމަނާ އޮންނަން ޖެހޭ އެއްޗެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

ބޮންޑެ ވިދާޅުވީ 2008 ގެ ކުރީގަ ރާއްޖޭގައި ނަރުދަމާއެއް ނެތް ކަމަށާއި، ކުރީގެ ރައީސް މައުމޫން ޒަމާނުގައި ފެން ނުލިބި ގިނަ ރައްޔިތުންނަކެއް ތިބީ ގައިން ތާހިރުނުވެ ކަމަށެވެ. އެހެން ނަމަވެސް އެއާހިލާފަށް މިހާރު އެތައް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްވެގެންދާކަން ފާހަގަކުރައްވައި ބޮންޑެ ވިދާޅުވީ، ހުރިހާ އަސާސީ ހިދުމަތަކުންވެސް ނަގާ ޖޫރިމަނާ 0 އިންސައްތައަށް ބަދަލުކުރަން ޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވީ ފެނުގެ ހިދުމަތް ހޯދާ ފަރާތްތަކުން އޭގެ އަގު ނުދައްކައިފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ބިލުން އުނިކުރަން ޖެހޭކަމަށެވެ.

ބޮންޑެ ވިދާޅުވީ އަގު ނުދެއްކި ލަސްވާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި ފެނާއި ކަރަންޓް ފަދަ އަސާސީ ހިދުމަތެއްގެ ބިލު ނުދެއްކޭނީ އެމީހެއްގެ މާލީ ހާލަތު ދަށްވުމުން ކަމަށެވެ.

ކަރަންޓު ބިލު ނުދެއްކިގެން ގެއިން ކަރަންޓު ކެނޑިގެން އެ ޚިދުމަތް ނުލިބިގެންދާ މުއްދަތުގައި އަނެއްކާ ޖޫރިމަނާއެއް ދައްކަން ޖެހުން ވާނީ އެ ރައްޔިތު މީހާއަށް އުފުލަން ޖެހޭ އިތުރު ތަކުލީފަކަށް ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

އެހްންކަމުން އަސާސީ އެއްވެސް ހިދުމަތަކުން އެއްވެސް ވަރެއްގެ ޖުރުމަނާ ނުނެގުމަށް އޭނާ  ގޮވާލެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top