ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރަން އިލްތިމާސްކޮށްފި

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މި އިލްތިމާސާއި އެކު މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ވައިޓްއެލާޓް ވެސް ނެރެފަ އެވެ.

“ދަތުރުފަތުރު ކުރުމުގައި ވަރަށް ބޮޑަށް ސަމާލު ވާނެ ޖެހޭ. ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރޭ،” މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުގެ އިލްތިމާސްގައި ވެއެވެ.

މެޓްއޮފީހުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދު ބޯކޮށް ވާރޭ ވެހޭކަމަށާއި އަދި ގުގުރު ވެސް އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 40 މޭލުގެ ބާރުގައި ވައިޖެހޭކަމަށްވެސް  މެޓުން ލަފާކުރެއެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ރ.އަތޮޅާއި ނ.އަތޮޅާއި ވ.އަތޮޅަށް މިހާރުވަނީ ޔެލޯ އެލާޓްވެސް ނެރެފަ އެވެ. މި ސަރަހައްދަށް މިއަދު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top