މިފްކޯއިން ވިއްކާ މަސްދަޅުގެ އަގުތައް މައްޗަށް!

l_2132864.jpg

ފެލިވަެރުގައި މިފްކޯގެ ފަރާތުން އުފައްދާ ފެލިވަރު މަސް ދަޅު - ފޮޓޯ : ސަން.އެމްވީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ވިއްކަމުން އަންނަ މަސްދަޅު ތަކުގެ އަގުތައް އާދަޔާ ހިލާފަށް ބޮޑު ކޮށްފި އެވެ.

އެގޮތުން މިފްކޯ އިން މިއަދާ ހަމައަށް 610 ރ.އަށް ވިއްކަމުން އައި މަސްދަޅު ކޭހެއް މިއަދުން ފެށިގެން ވިއްކާނީ ކޭހަކުން 150ރުފިޔާ ބޮޑުކޮށް 740 ރުފިޔާ އަށެވެ. މިއީ މަސް ދަޅަކުން 3 ރުފިޔާ 13 ލާރީގެ ބޮޑުވުމެކެވެ.

އެ ކުންފުނިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ދަޅަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާ ކަމަށެވެ. އަދި ދަޅު އުފެއްދުމަށް ބޭނުންކުރާ ޓިން ފްރީލްސްއާއި، ދަޅުގެ އަގުގެ ބޮޑު ބައެއް ހިއްސާކުރާ ޑީސަލްގެ އަގު ވެސް މައްޗަށް ގޮސްފައިވާ ކަމަށް ބުންޏެވެ.

މިފްކޯއިން ބުނީ އެ ތަކެތީގެ އަގަށް އައި ބަދަލާއެކު، އަލަށް ކަނޑައެޅުނު އަގުތަކަކީ މިވަގުތު ދަޅު މަސް ވިއްކެން ހުރި އެންމެ ރަނގަޅު އަގު ކަމަށެެވެ.

ރާއްޖޭގައި އުފައްދާ މަސްދަޅުގެ އަގު ބޮޑުކުރިއިރު ކޮވިޑާއި އަދި ރަޝިއާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވެސް ބައެއް ތަކެތީގެ އަގު އަންނަނީ އުފުލެމުންނެވެ. އެހެންކަމުން އާއްމު ދިރިއުޅުމުގައި ބޭނުން ކުރާ އެހެންތަކެތީގެ އަގު ވެސް މިހާރު އަންނަނީ ބޮޑުވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top