ލޭންޑްޔޫސް ޕްލޭން ބޮޑު ޖޯކަކަށް ވެއްޖެ: އެމްޕީ. އަލީ

am9y4ly4ouxwhynage5x9fhldgch1lavg9a6t0bz-1.jpeg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން--ފޮޓޯ: މަޖިލިސް އިދާރާ

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބަލަން ހަދާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް، ބޮޑު ޖޯކަކަށް ވެގެން ގޮސްފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް އިސްލާހު ގެނައުމަށް  މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ން ހުށަހެޅި ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

އަލީ ވިދާޅުވީ މާލެ ނަމޫނާއަކަށް ބަލައިގެން ކޮންމެ ރަށެއްގައި ވެސް ރިންގްރޯޑެއް ހަދަން ބޭނުންވާ ކަމަށެވެ. އަދި އެކިއެކި ރިސޯޓްތަކުން ރުއް ގަސް ބޭނުންވެގެން އުޅޭއިރު ރަށްރަށުގައި ރިންގް ރޯޑް ހަދަން ގަސް ނެގުން މިހާރު ވަރަށް ފަސޭހަ ކަމަކަށް ވެއްޖެ ކަމަށެވެ.

އެހެން ނަމަވެސް ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ބިނާވެށި ގަވައިދުގެ ދަށުން އެކަންކަން ކުރަން އެހާ ފަސޭހައިން ޖާގައެއް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“ކޮންމެ ރަށެއްގައި ވެސް ހޭޅިގައި 100 ފޫޓް އޮންނަން ޖެހޭނެއޭ ބާއްވާފައި. އެހެން ނަމަވެސް ލޭންޑް ޔޫސް ޕްލޭނާ ޖެހުނީމާ އީއައިއޭ ރިޕޯޓާ ޖެހުނީމާ މި ގަހާ ވާކަމެއް ނޯވޭ. އެ ފަޅަކާ ވާކަމެއް ނޯވޭ. ބޭނުން ކަމެއް ކުރަންވީ.” އަލީ ހުސެއިން ވިދާޅުވިއެވެ.

އެހެންކަމުން ލޭންޑް ޔޫސް ޕްލޭނާ އީއައިއޭ ރިޕޯޓް ބޮޑު ޖޯކަކަށް ވެގެން ގޮސްފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ރައްޔިތުން ބޭނުންވި ގޮތާއި ހިލާފަށް ސިޔާސީ ބޭފުޅުންނާއި މަޖިލީހުން ލާމަރުކަޒީ ގާނޫނު އެކުލަވާލައި އެ ނިޒާމު ހިންގަން ފެށުން ކަމަށެވެ. ލާމަރުކަޒީ ބާރުތައް ކައުންސިލްތަކަށް ދީފައިވާ ކަމަށް ބުނި ނަމަވެސް އެ ބާރުތައް ކައުންސިލްތަކަށް ނުލިބޭ ކަމަށް އަލީ ވިދާޅުވިއެވެ.

މި މައްސަލަ އަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ލޭންޑް ޔޫޒް ޕްލޭން ފަދަ ކުޑަ ކަމެއް ކޮށް ނުލެވޭ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަސްލަމް އަދި ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް ކައުންސިލްތަކާއެކު އއ. އުކުޅަހުގައި ބޭއްވި ކޮންފަރެންސް ގައި ގިނަ ކައުންސިލަރުން ވަނީ ލޭންޑް ޔޫޒް ޕްލޭނާ ގުޅޭ ގޮތުން ޝަކުވާ ކޮށްފަ އެވެ.

އެކަމަށް އެކަށީގެންވާ ހައްލެއް ހޯދަން ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސްް ވެސް ވަނީ ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top