ރިސޯޓް މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން މުސާރަ ނުލިބޭ ގޮތަށް ރަށަށް ނުފޮނުވޭނެ.

b_TLvEDkjqadpFwZ1vVm4SRWJ6X.jpg

ބ. އަތޮޅުގެ ރިސޯޓު މުވައްޒަފުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޓީމް

ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންނަށް މަޖްބޫރު ކޮށްގެން މުސާރަ ނުލިބޭ ގޮތަށް ނުވަތަ ނޯޕޭއަށް އަނބުރާ ރަށަށް ފޮނުވާ ނުލެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ނޯޕޭ އަށް މުވައްޒަފުންނަށް ދެވޭނެ ގޮތްތައް ގާނޫނުގައި ބަޔާންކުރެވިފައިވާއިރު ވަޒީފާގައި ހުރި މުވައްޒަފަކަށް ގާނޫނުގައި ނެތް ގޮތަކަށް މަޖުބޫރުން އެކަން ކުރެވިގެން ނުވާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ނޯޕޭ އަށް ދިޔުމަށް މަޖުބޫރުކުރާ ކަމުގެ ޝަކުވާތަކެއްފެންމަތިވެފައިވާ މި ދަނޑިވަޅު މިނިސްޓަރު އަމީރު ވިދާޅުވީ އިގްތިސާދީ ކާރިސާއެއްގެ ކުރިމަތީގައި އޮންނައިރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ނޫން ގޮތަކަށް މުވައްޒަފަކު ކެނޑިގެން ނުވާނެ ކަމުގައެވެ. އަދި ސްޓިމިއުލަސް ޕެކޭޖުގެ އެންމެ ބޮޑު ޝަރުތަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ ވަޒީފާ ކަށަވަރުކުރުން ކަމަށް ވާއިރު އިގްތިސާދު ކުރިއަރުވަން ލިބޭ ފުރުސަތުގައި ވެސް ގެއްލުމެއް ނެތި މުވައްޒަފުންނަށް ވެސް ކުރެވޭނީ އޭރުން ކަމަށް އަމީރު ވިދާޅުވިއެވެ.

“އެކަން އެގޮތަށް ކުރާނަމަ އެ މައްސަލަތައް ބެލެންޖެހޭނެ. އިކޮނޮމިކް މިނިސްޓްރީގައި ގާއިމުކުރެވިފައިވާ ޖޮބް ސެންޓަރުގައި މިފަދަ މައްސަލަ ރަޖިސްޓްރީ ކުރުން މުހިއްމު ވަނީ މި ސަބަބާއި ހުރެ . އަދި ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުގެ އެންމެ ބޮޑު ޝަރުތަކީ ވެސް ދިވެހި މުވައްޒަފުންގެ ވަޒީފާ ކަށަވަރުކުރުން.” މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން މުސާރަ ނުލިބޭ ގޮތަށް 11،000 އަށް ވުރެ ގިނަ މުވައްޒަފުން  ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ދާދިފަހުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top