މާޅޮހުން ދަރަވަންދުއަށް ކެނޯއެއްގައި ގޮސް ފިލައިގެން އުޅުނު މީހަކު ހޯދައިފި.

DSCN7780.jpg

ބ.ދަރަވަންދޫ --ފޮޓޯ :އީވީ

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ހުއްދަ ނުހޯދާ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކޮށްފައިއޮއްވާ ކެނޯއެއްގައި ބ.މާޅޮހުން ދަރަވަންދުއަށް ގޮސް ފިލައިގެން އުޅުނު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ހެނދުނު 7:00 ހާއިރު މާޅޮހުގެ ޓާސްކް ފޯސްގެ ހުއްދަނެތި މާޅޮހުން ކެނޯ އެއްގައި ދަރަވަންދުއަށް ގޮސް ފިލައިގެން އުޅުނު މީހަކު ރޭ 12:26 ހާއިރު، ހޯދުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހޯދާފައިވަނީ ދަރަވަންދޫން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، މީގެ ދެދުވަސް ކުރިން ބ.ގޮއިދޫން ފަތާފައި ފުޅަދު އަށް ދިޔަ މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. މީގެ އިތުރުން ވެސް ހުއްދަ ނުހޯދާ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރި ބަޔަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top