ލަވަކިޔުންތެރިޔާ ލަތާ މަރުވެއްޖެ

2uvqm24g_lata-mangeshkar-afp_625x300_06_February_22.jpg

ލަތާމަންގޭޝްކަރު، 1929-2022

އިންޑިޔާގެ މަޝަހޫރު ލަވަކިއުންތެރިޔާ ، ލަތާ މަންގޭޝްކަރު މަރުވެއްޖެއެވެ

ލަތާ އުފަންވީ 1929ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 28ގައެވެ.

އުމުރުން 92 އަހަރުގައި ލަތާ މަރުވެފައިވަނީ ކޮވިޑްބަލީގައި މިއަދު ހެނދުނުގެ ވަގުތެއްގައި، މުމްބާއި ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ލަތާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭނާގެ ހާލު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ވެންޓިލޭޓަރުން ނަގައިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ލަތާ މަރުވުމާއިގުޅިގެން އިންޑިޔާގެ ގައުމީދިދަ ދެދުވަސް ވަންދެން ބައިދަނޑިއަށް ތިރިކުރަން އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ.

“އިންޑިއާގެ ރަން އަޑު” ގެނަމުގައި މަޝްހޫރުވެފައިވާ ލަތާގެ ރެކޯޑް ކުރެވިފައިވާ ލަވަތަކުގެ އަދަދު  36000 އަށް ވުރެ ގިނަ ކަމަށް ވެއެވެ. އުމުރުން 13 އަހަރުގައި ލަވަކިޔަން ފަށާފައިވާއިރު ބޮލީވުޑްގެ އެތައް ސަތޭކަ ފިލްމަކަށް ލަވަ ކިޔާފައިވެއެވެ.

ލަތާ އެންމެ ފުރަތަމަ ލަވައެއް ރެކޯޑުކޮށްފައިވަނީ 1943ވަނަ އަހަރުގައެވެ. އެންމެ ފަހުން އޭނާ ލަވަކިޔައިދީފައި ވަނީ 2004 ވަނަ އަހަރު ނިކުތް ވީރުޒާރާ އަށެެވެ.

ހިންދީ، ބެންގާލީ އަދި މަރާތީ ބަހުން ގިނަ އަދަދެއްގެ ލަވަ ކިޔައިދީފައިވާ ރަން އަޑުގެ ވެރިޔާ ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަންކޮށް ގިނަ ގައުމީ އެވޯޑުތަކެއް ވަނީ ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި 1989 ވަނަ އަހަރު ދާދާސާހެބް ފަލްކޭ އެވޯޑް ވެސް ލަތާއަށް ލިބުނެވެ. މީގެ އިތުރުން 2001 ވަނަ އަހަރު އޭނާއަށް ވަނީ “އިންޑިއާ ރަޓްނާ” ގެ ލަގަބު ވެސް ލިބިފައެވެ. އަދި ޕަދްމާ ވިބޫޝަން އާއި ޕަދްމާ ބޫޝަން ގެ ޝަރަފު ވެސް ވަނީ އޭނާއަށް ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top