ވޭޕްކުރުމުން ފުއްޕާމޭ ފަޅައިގެން ދޭ: ޑރ.މުހައްމަދު އަލީ

ppp.jpg

ވޭޕް ކުރުމުން ފުއްޕާމޭ ފަޅައިގެން ދާކަމަށާއި އެއީ ކޫލް އެއްޗެއް ނޫންކަމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

”ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް “ގެ ގޮތުގައި މިއަދު ފާހަގަ ކުރާއިރު ޓްވީޓާ މެދުވެރިކޮށް ޑރ. މުހައްމަދު އަލީ ، ވަނީ ވޭޕް ކުރާ އެންމެން ވިސްނަން މަޖުބޫރު އިންޒާރެއް ދެއްވާފައެވެ. އެއިންޒާރު ދެއްވާފައިވަނީ ވޭޕް ކުރުމުގެ ސަބަބުން، ފުއްޕާމޭ ފެޅި، ފުއްޕާމޭގެ ވަށައިގެން ހުންނަ ދުލިފަށް ދޭތެރެއަށް ބޭރުވާ ލޭ އެޅިފައި ހުރި ފުޅިއަކާއެކު ފޮޓޯއެއް ހިއްސާ ކުރައްވަމުންނެވެ.

ވޭޕްކުރުމަކީ ދިވެހި ޒުވާނުންގެ އިތުރުން މުޅި ދުނިޔޭގައި ވެސް އާއްމު ވެފައިވާ ކަމެކެވެ. ސިނގިރެޓްގެ ބަދަލުގައި ވޭޕް ކުރުމާއި، ޝީޝާ ބޭނުންކުރާ ޒުވާނުންގެ ނިސްބަތްވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ.

ވޭޕްކުރާ ބައެއް މީހުން ބުނަނީ ސިނގިރޭޓް ނުބޯންވެގެން ކަމަށެވެ. އަނެއްބަޔަކު ބުނަނީ ސިނގިރޭޓާ ދުރަށް ދިޔުމަށް ކަމަށެވެ. އަދި އެއީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް ބުނެއެވެ.

ބައެއް ޒުވާނުންގެ ވާހަކަތައް ހުރިގޮތުން ވޭޕް ކުރަނީ ރައްޓެހި ކުދިން ކުރާތީ ކަމަށާއި، ސިނގިރޭޓަށް ވުރެ އަގު ހެޔޮވެފައި “ކޫލް” ކަމަކަށް ވާތީ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top