ބީއެމްއެލް ގެ ކާޑުތަކުން މުއާމަލާތު ކުރެވޭ ވަރު ދަށްކޮށްފި

0.jpg

ބޭންކް އޮފް މޯލްޑިވްސް.

ދިވެހި ރުފިޔާ އެކައުންޓުން ރާއްޖެ އިން ބޭރުގައި ޑޮލަރުގެ މުއާމަލާތު ކުރެވޭނެ މިންވަރު 250 ޑޮލަރަށް ހަދައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދަށްކޮށްފި އެވެ.

މި ގެނައި ބަދަލާއެކު، މިއަދުން ފެށިގެން ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރެވެ. ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ވަނީ، ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭ އެއްފަދައިން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް މިވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައިކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

”ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަން ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މަޖުބޫރު އެހެނަސް .ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް މިވަނީ އަޅަންޖެހިފައެވެ.“ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ، މި ބަދަލު ގެނައި ނަމަވެސް އެ ބޭންކުގެ 95 ޕަސެންޓު ކަސްޓަމަރުންނަށް ދައްޗެއް ނުވާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ، ޑޮލަރު ލިބެން ފެށުމުން މި ނިންމުން އަލުން ބަދަލު ކުރާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top