އޭދަފުށީގައި މިއަހަރު ބޮޑުއީދު ކުޅިވަރު ފަށާނީ ހަވާއެރުވުމުން

67299692_1860203280749136_6174435119189721088_o-1024x712.jpg

“އީދު ފޯރި 1440” ގެ ނަމުގައި މިއަހަރު އޭދަފުށީ ކައުންސިލްގެ ފަރާތުން ރަށުގެ ކްލަބް ޖަމިއްޔާ ތަކާއި ގުޅިގެން އީދު ފޯރިގަދަ ކޮށްލުމުގެ ގޮތުން ބާއްވާ “އީދު 1440” ފަށާނީ ހަވާއެރުވުމާއި ސިފައިންގެ ބަޑިބޭހުގެ ކުޅިވަރުގެ ކުލަގަދަ ރަސްމިއްޔާތަކުން ކަމަށް އީދު ކުޅިވަރު އިންތިޒާމު ކުރުމަށް ހޮވާފައިވާ ކޮމިޓީއިން ބުނެފިއެވެ.

ކޮމިޓީ އިން ބުނީ “އީދުފޯރި 1440” ގައި ރާއްޖޭގެ މިއުޒިކީ ގުލްޝަނުގައި ހަރަކާތްތެރިވާ ގިނަ ތަރިންތަކެއް ބައިވެރިވެގެން ބާއްވާ މިއުޒިކް ޝޯ ތަކާއެކު ކްލަބް ބިގިނަރސްގެ ފަރާތުން އަލަށް ބާއްވާ މަސްރޭހާ ވެސްޓް ވިންގްސް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މިދިޔަ އަހަރުވެސް ބޭއްވި ކަލަރ ފެސްޓިވަލް މި އަހަރުވެސް އޮންނާނެ ކަމަށެވެ. އަދި ޑައުންޓައުން ކްލަބުން ބާއްވާ އަންހެން ފުޓްސަލް މުބާރާތާއި އަދި ވެލާ ސިޓީ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ބޮޑު އީދު ފުޓްބޯޅަ މުބާރާތްވެސް  އީދު ކުޅިވަރު ފޯރިގަދަ ކޮށްލުމުގެ ގޮތުން ބާއްވާ ކުޅިވަރުތަކުގެ އުސް އަލިތަކުގެ ތެރޭގައި ހިމެނޭ ކަމަށް ކޮމިޓީ އިން ބުނެއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު