23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް އަހްމަދު ނާސިރު، ޖާޒީބައެއް ދީފި

81929049_882657372151595_5446673539610443776_o.jpg

އޭދަފުށީގެ ފުޓްބޯޅައަށް ހިދްމަތްކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުގައިވާ އަހްމަދު ނާސިރު، އޭދަފުށީ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް ޖާޒީބައެއް ހަދިޔާ ކުރައްވައިފިއެވެ.

ރޭ އޭދަފުށީ ސަލްސާ ރިޓްރީޓްގައި އޮތް ކުޑަރަސްމިއްޔާތެއްގައި މިޖާޒީބައި ޓީމް ކުޅުންތެރިންނާ ހަވާލުކޮށްދެއްވީވެސް އަހްމަދު ނާސިރުއެވެ.

ޖާޒީ ހަވާލުކުރުމަށްފަހު އަހްމަދު ނާސިރު ބުނީ މިޖާޒީ ބަޔަކީ، 23 އަހަރުންދަށުގެ ޓީމަށް އޭނާ ވެފައިވާ ވައުދެއް ފުއްދުމަށްޓަކައި ހަދިޔާކުރެއްވި ޖާޒީ ބައެއްކަމަށެވެ. ސަބަބަކީ ދޮންފަނު އިންވިޓޭޝަންކަޕް މިއަހަރު ކާމިޔާބު ކޮށްފިނަމަ، ޖާޒީބައެއް ޓީމަށް ދިނުމަށް އޭނާ ކުރިން ވައުދުވެފައިވުމެވެ.

އޭދަފުށީ 23 އަހަރުން ދަށުގެ ޓީމްގެ ޓްރޭނަރ ފާއްޓޭ އަދި ކުރީގެ ކޯޗް ޝާފީ ބައިވެރިވި މިރަސްމިއްޔާތުގައި ނާސިރު ބުނީ ޖާޒީބަޔާއެކު ކުޅުންތެރިންނާ، އޮފިޝަލުންނަށް 32 ޖާޒީއާއި، 30 ސޯޓު ހަވާލުކުރެވުނު ކަމަށެވެ. އޭނާބުނީ މިއަހަރު އޭދަފުށީގެ ކައުންސިލް އިންތިހާބަށް އޭނާ ކުރިމަތިލާފައިވާތީ، އެއިންތިހާބު ކާމިޔާބުވެއްޖެނަމަ ކުޅިވަރުތަކުގައި އޭދަފުށި ތަމްސީލުކުރާ ހުރިހާ ޓީމަކަށް ޖާޒީބައި ދޭންވެސް ނިންމާފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top