އަގޯރާގެ ބަދަލުގައި ދެން ފެންނާނީ ރެޑްވޭވް

out1-scaled.jpg

ރިޓެއިލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އެންމެ ފުރަތަމަ ހިންގަން ފެށި އަގޯރާގެ އެންމެ ބޮޑު ދެ ފިހާރަ ބަންދު ކުރުމަށް ތައްޔާރު ވަމުން ދާއިރު ދެން އެ ދެ ތަން ބަދަލުވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް، ހިންގަވަމުން ގެންދަވާ ރެޑްވޭވް ގެ އިތުރު ދެ ފިހާރައަށް ކަމަށް ރެޑްވޭވް ކުންފުނިން ބުނެފި އެވެ.

އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް އެ ދެ ފިހާރަ ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ކަމަށް ރެޑްވޭވުން ބުނެ އެވެ.

އެހެންނަމަވެސް އެ ދެ ފިހާރަ ޚާއްސަ ކުރާނީ ރެޑްވޭވުގެ ކޮން ވިޔަފާރިއަކަށް ކަމެއް އަދި ނުނިންމާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ރެޑްވޭވް އަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓުގެ ވިޔަފާރި ހިންގަމުން އަންނަ ކުންފުންޏެވެ. އެކުންފުނިން މާލެއާއި ހުޅުމާލެ ހިމެނޭހެން ބާރަ ފިހާރަ މިހާރު ވެސް ހިންގަމުންދެ އެވެ. އޭގެތެރޭގައި އިލެކްޓްރޯނިކްސް އާއި ބަދިގެ ސަމާނުގެ އިތުރުން ކާބޯތަކެއްޗާއި ހިފާގެންގުޅޭ ސާމާނު ވެސް އެ ފިހާރަތަކުން ވިއްކަމުންދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top