މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ކިރުވީ ތުޅާދޫ ހައިސަމް ދޯނި

ޮކޮކ.jpg

ތުޅާދޫ ހައިސަމް ދޯނި

މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި ދޯންޏަކަށް ބ. ތުޅާދޫ، “ހައިސަމް” ދޯނި ހޮވިއްޖެއެވެ.

މިކަން އިއުލާނު ކޮށްފައި ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ.ފަރެސް މާތޮޑާ ގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ކަންނެލި ކިރުވި ދޯންޏަކަށް ހައިޝަމް ހޮވުނުއިރު ދެވަނަ އަށް އެންމެ ގިނަ ބޮޑު ކަންނެލި ކިރުވާފައިވަނީ ދ. މީދޫ “އަލަމާ-6″ ދޯންޏެވެ.

އަދި 3 ވަނަ އަށް އެންމެ ގިނަ ބޮޑު ކަންނެލި ކިރުވާފައިވަނީ އދ. މަހިބަދޫ، “އަސުރުމާ 3″ ދޯންޏެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވަނީ ބިގްފިޝްއިންނެވެ.

ދޮށީގެ މަސްވެރިކަމުން މިދިޔަ އަހަރު އެންމެ ގިނަ މަސް ކިރުވާފައިވަނީ ގދ މަޑަވެލީ ޓީއެސް ލައިން ދޯންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top