ސަމާލް! ރާއްޖެ ކައިރީގައި ބާރުގަދަ ތިން ކޮޅިގަނޑު. ތޫފާނަކަށް ބަދަލުވަނީ!

116925_3_9e9d84126847cc779ffa897f23d4e1a0230fc9fd_medium.jpg

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ / ފޮޓޯ: މިހާރު ނޫސް

ރާއްޖެ ހިމެނޭ ސަރަޙައްދުގައި ބާރުގަދަ ތިން ކޮޅިގަނޑު އުފެދި، ތޫފާނަކަށް ބަދަލުވަމުންދާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިންބުނެފި އެވެ.

މެޓް އޮފީހުން ބުނީ، ކޮޅިގަނޑުތައް ދައުރުވަމުން ދަނީ، ރާއްޖޭގެ އުތުރާއި، ރާއްޖޭގެ ހުޅަނގުގެ އިތުރުން ހުޅަނގު ދެކުނުގައެވެ.

މީގެ ތެރެއިން ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމަށާ، އެ ތޫފާން ރާއްޖޭގެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު، ކުރިޔަށް އޮތް 36 ގަޑއިރު ތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމަށާއި، ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑު، ކުރިޔަށް އޮތް 12 ގަޑިއިރު ތެރޭ ތޫފާނެކަށް ބަދަލުވެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށެވެ. އެހެންނަމަވެސް މި ތިން ކޮޅިގަނޑުވެސް މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެ އާއި ދުރަށް ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.

ކުރިޔަށް އޮތް ވަގުތުތަކަށް މެތް އޮފީހުން މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ އެވެ.  ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކުރައްވަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top