މިހާރު ގައުމަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިން ނެގުމަށް ގޭގެއަށް ދިޔުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނާތީ ކަރަންޓް ރީޑިންގ ނަގަން ގޭގެއަށް ނުދެވޭނެތީ ކަރަންޓް މީޓަރުގެ ފޮޓޯއެއް ފޮނުވަން ފެނަކަ އިން އެދިއްޖެ އެވެ.
ފެނަކަ އިން އެދިފައިވަނީ ކަރަންޓު މީޓަރުގެ ނަންބަރު ފެންނަ ގޮތަށް ފޮޓޯ، އަދި ގޭގެ ނަމާއެކު ވައިބަރ މެދުވެރިކޮށް ފޮނުވުމަށާއި މިގޮތަށް ރީޑިންގ ނުފޮނުވޭ ފަރާތްތައް، ރީޑިންގ، މީޓަރ ނަންބަރު އަދި ގޭގެ ނަން ޖެއްސެއްވުމަށްފަހު އެސްއެމްއެސް ކޮށްދިނުމަށެވެ.
ފެނަކަ މައި އޮފީހުން މި ގޮތަށް އެންގުމުގެ ކުރިން ފެނަކަ އޭދަފުށީ ބްރާންޗުން މި މަހުގެ ފެނާއި ކަރަންޓް ބިލްތަކަށް ރީޑިންގ ނަގާފައިވަނީ އެތަނުގެ މުވައްޒަފުން ގޮސްގެންނެވެ. އެހެންނަމަވެސް ގޭގެއަށް ގޮސްގެން ރީޑިންގ ނެގުމާއި ބިލް ހަވާލު ކުރުމުގެ ބަދަލުގައި ކުރިއަށް އޮތް ތަނުގައި އާ ގޮތްތަކެއް ތައާރަފް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ބްރާންޗް އިން މައުލޫމާތު ދެއެވެ.
ފެނަކައިގެ އިތުރުން ސްޓެލްކޯއިން ވެސް ވަނީ ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވުމަށް އެދިފައެވެ.