ލިންޗްޕިން އިން އޭދަފުއްޓަށް ”ޕްރިލް”ތައާރަފް ކޮށްފި

72886967_10156387095416837_287088696535023616_o-1.jpg

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ކުރަމުން އަންނަ މަޝްހޫރު ”ލިންޗްޕިން” ގެ ފަރާތުން އޭދަފުއްޓަށް ”ޕްރިލް” ތައާރަފް ކޮށްފިއެވެ. އެގޮތުން އޭދަފުށީގެ ކޕންމެ ގެއަކަށް ލިންޗްޕިންގެ ފަރާތުން ވަނީ ޕްރިލް ފުޅިއެއް ދީފައެވެ.

”ޕްރިލް” އަކީ އަތް ދޮވުމާއި ތަށި ދޮވުމުގެ އިތުރުން ކާގެއާއި ބަދިގޭގައި ހުންނަ އުދުނާއި ތަށި، ތެލި ސަމުސާ ފަދަ ތަކެތި ދޮވުމަށް ޚާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ ސައުދީގެ މޮޅު އުފެއްދުމެެކެވެ.

ޕްރިލް ބޭނުން ކުރުމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސާފުކޮށް ދޮވެލުމުގެ އިތުރުން ހަމުގެ ބަލިހުންނަ މީހުންނާއި އެލާޖިކް މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށް އެއްވެސް ސައިޑްއިފެކްޓެއް ނެތް، ގިނައިރު މީރުވަސް ހުންނަ ގޮތަށް ތައްޔާރު ކޮށްފައިވާ ރައްކާތެރި އުފެއްދުމަކަށް ވާކަމެވެ.

ލިންޗްޕިން އިން އޭދަފުއްޓަށް އިސްކަން ދީގެން އަތޮޅުތެރެއަށް ”ޕްރިލް” ތައާރަފް ކޮށްފައިވާ އިރު ލަސްތަކެއް ނުވެ އެތަނުގެ އެހެން އުފެއްދުންތައްވެސް ތައާރަފް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ލިންޗްޕިން އިން ހޯލްސޭލް ކުރާ ތަކެތީގެ ތެރޭގައި ޔޫރަޕްގެ މަޝްހޫރު ބްރޭންޑް ތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ޕާސިލް، ކްރީމް 21، ފޯކަސް އަދި އެމެރިކާގެ ޕާލްމާސްގެ އުފެއްދުން ތައް ހިމެނެއެވެ.

މި ބްރޭންޑްތަކުގެ އިތުރުންވެސް  ދުނިޔޭގެ މަޗްހޫރު ބްރޭންޑް ތަކުގެ ޓޮއިލެޓްރީޒްއާއި ބަދިގެއާއި ގޭތރެރ ސާފުކތާހިރުކޮށް ބެހެއްޓުމަށް ބޭނުންކުރާ ގިނަ އުފެއްދުންތަކެއް ލިންޗްޕިން އަންނަނީ ރާއްޖޭއަށް އެތެރެކޮށް ރައްޔިތުންނަށް އަތްފޯރާފަށުގައި ވިއްކަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top