ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު މޭ 30ގެ ނިޔަލަށް އިތުރުކޮށްފި

Breaking-News-Image-v2-e1574095563266.jpg

ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މޭ 30ވަނަ ދުވަހުގެ ނިޔަލަށް ދަންމާލައިފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 އަށް ޕޮޒިޓިވް ވި ފުރަތަމަ ކޭސް ރާއްޖެއިން މިދިޔަ މާޗް ހަތް ވަނަ ދުވަހު ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައިވާތީ އާއި ކޮވިޑަކީ ޕެންޑެމިކްއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މާޗް 11 ވަނަ ދުވަހު ކަނޑައެޅުމުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލަތުގެ ހާލަތު ފުރަތަމަ އިއުލާންކުރީ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް މާޗް މަހުގެ 10 ވަނަ ދުވަހު އެ ހާލަތުގެ މުއްދަތު ވަނީ މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ ނެރުނު ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު އެއް މަސް ދުވަހަށް، (މޭ 30ގެ ނިޔަލަށް) ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

މިނިސްޓަރު އަމީންގެ އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top