ދެމަސްތެރޭގައި ބަނދަރު އެއްކޮށްނިމޭނެ – ކެންދޫ ކައުންސިލް

DJI01548-815x459.jpg

މިއަތޮޅު ކެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިޔަށް އޮތް ދެމަހެއްހާ ދުވަސްތެރޭގައި މުޅިން ނިމި ބޭނުންކުރަން ފެށޭނެކަމަށް ކެންދޫ ކައުންސިލުން ބުނެފިއެވެ.

ކެންދޫ ކައުންސިލުން ބުނީ ކެޕިޓަލް އިންވެސްޓްމަންޓާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މިމަސައްކަތުގެ 90 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ ބަނދަރުގެ އެއްގަމު މަގުގައި ގާއެތުރުމުގެ މަސައްކަތްކަމަށްވެސް ކެންދޫ ކައުންސިލުން ބުނެއެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަބްދުލްޣައްފާރު ޤާސިމް ވިދާޅުވީ ބަނދަރު އަލުން ހަދާ ނިމޭއިރު ކުރީގެ ބަނދަރަށްވުރެ މިބަނދަރު ސަތޭކައެއްހާފޫޓް ދިގުވެފައި، ބަނދަރު ތަނަވަސްވެސް ވާނެކަމަށާ، އޮޑިދޯނިފަހަރު އެޅުމަށް ދަތިކަމެއް ނޯންނާނެކަމަށެވެ.

“ހަމައެކަނި ބޮޑުވީއެއް އެކަންޏެއްވެސް ނޫން. ކުރިއަށްވުރެ ބަނދަރު ފުންވެސްވާނެ. ކަނޑުތޮށި އޮތީ ވަރަށް ވަރުގަދައަށް ހިލައިން ޖަހާފައި. އެހެންވީމާ، ބަނދަރު މިހާރު އެއޮތީ ވަރަށް ތަނަވަސްކޮށޭ ދެންނެވޭނީ.”

ކެޕިޓަލް އިންވެސްޓްމަންޓާއި ހަވާލުކޮށްގެން މިދިޔައަހަރު ހަދަންފެށި ކެންދޫ ބަނދަރު މަޝްރޫއަކީ 29.2 މިލިޔަން ރުފިޔާގެ އަގުހުރި މަޝްރޫއެއްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 540 ފޫޓް ދިގުމިނުގެ މިބަނދަރު ނިމޭއިރު ބަނދަރު އޮންނާނީ 3 މީޓަރަށް ފުންކުރެވި، އެއްގަމު މަގުގައި 5 މީޓަރު ފުޅާ ޕޭމަންޓް ގައު އަތުރާފައެވެ. އަދި ކަނޑުތޮށީގައި 145 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑުހިލަ ޖަހާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top