އަންނަ މަހުގެ 3ވަނަ ދުވަސް ސަރުކާރު ބަންދު

big_Yi4wnM26FK2hXoYbDqHl6oYt0.jpg

ރައީސް އޮފީސް

އަންނަ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހަކީ ރައީސުލް ޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށް ވާތީ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް 21 ޖަނަވަރީ 2019 ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ، ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 3 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ސޯލިހު މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

މިއީ ރައީސް ސޯލިހު، ރިޔާސީ ބަޔާން އިއްވަވާ ހަތަރު ވަނަ އަހަރެވެ.

ރިޔާސީ ބަޔާނުގައި އަހަރު ތެރޭ ސަރުކާރުން ކުރަން ނިންމަވާފައިވާ ކަންކަމާއި، ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް މަޖިލީހުގެ ތަޅުުމުގައި އިއްވަން ޖެހޭނެއެވެ. އަދި ރައީސް އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ތިއްބަވާ އިދިކޮޅު ޕާޓީއިން ޖަވާބުދާރީ ވާންވެސް ޖެހޭނެއެވެ.

މިދިޔަ އަހަރު ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވެވި ދުވަހު އިދިކޮޅު ޕީޕީއެމް އިން ވަނީ މަޖިލީހުގައި ހިމޭން އިހްތިޖާޖެއް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top