މިހާލަތުގައި ކަނޑުދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

DSCN7576.jpg

މޫސުން ގޯސް ދުވަހެއް

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާތީ މިހާލަތުގައި ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދުނާން އަނީސް، ޓީވީގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ ފުލުހުންގެ އިލްތިމާސަކީ މޫސުމަށް ބަލައިގެން ދަތުރު ކުރުން ނޫން ކަމަށެވެ. އަދި މި ހާލަތުގައި އިރުޝާދު ދެނީ ކަނޑު ދަތުރުތައް މެދުކަނޑާލަން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުނާން ވިދާޅުވި ގޮތުގައި ރޭ އަށެއް ޖެހުމާ ހަމައަށް ވެސް ކަނޑުމަތީގެ ހަތަރު ހާދިސާއެއް މާލެ އަތޮޅު ހިމެނޭ ސަރަހައްދުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިތުރަށް އަދުނާން ވިދާޅުވީ މިދުވަސްވަރު ކުރަން ރާވާފައި ހުރި ދަތުރުތައް މޫސުން ރަނގަޅުވުމުން ކުރަން އިލްތިމާސް ކުރައްވާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާ ދެމެދުގައި ހިމެނޭ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލު ނެރުނީ ހެނދުނު 10:00 އިން މެންދުރުފަހު ދޭކަށެވެ.

އަދުނާން ވިދާޅުވީ ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ މިޖެހޭ ވައިގައި ދަތުރުކުރާ އިރު ކެތްކުރެވޭ ވަރުގެ އުޅަނދުތަކެއް އެތެރޭގެ ދުއްވަމުންދާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން އޮޑިވެރިންނާއި، އޮޕަރޭޓަރުންނާއި އުޅަނދުފަހަރުގެ ކެޕްޓަނުންވެސް ދަތުރަށް ނިކުތުމުގެ ކުރިން އެއުޅަނދަކީ މިގަދައިގައި ދަތުރު ކުރެވޭ ވަރުގެ އުޅަނދެއްތޯ ބަލައި ޔަގީން ކުރަން އެދިވަޑައިގެންނެވިއެވެ.

މިހާލަތުގައި ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވާއިރު މެތް އޮފޫހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

އެލާޓްގައި ބުނެފައިވަނީ މިއަދު މެންދުރު 02:00 އާއި އިރުއޮއްސުމާއިދެމެދުގެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އުދަ އަރާނެކަމަސް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވާއިރު އިއްޔެއިން ފެށިގެން ރާއްޖޭގެ ދެކުނުގެ ބައެއް ރަށް ރަށަށް އުދައަރައި ބޮޑެތި ގެއްލުން ތަކެއްވެސް ވަނީ ވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top