މޫސުން : ބ އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް!

IMG_20200724_134047986.jpg

މޫސުން ގޯސް ދުވަހެއް

ރާއްޖޭގެ މޫސުން ގޯސްވެ ބ .އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

މި އެލާޓް ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މޫސުމާ ގުޅިގެން ފުލުހުން ވަނީ މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ މަތިން ވެސް ވަޔާ އެއްޗިހި ނުދާނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމައެހެންމެ ކަނޑުދަތުރު ކުރުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top