އޭދަފުށިން ގޯއްޗަށް އެދުން: ބާކީ ހަފްތާއެއް. 158 ގޯއްޗަށް އަދި ހުށައެޅީ 114 ފޯމް

EYD-AERIAL-1.jpg

އޭދަފުށި އޭރިއަލް ފޮޓޯ / އީވީ ފޮޓޯ: ޔާނިއު

އޭދަފުށިން ގޯއްޗަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތު ހަމަވާން ހަފްތާއަކަށްވީއިރު މިހާތަނަށް ގޯއްޗަށް އެދިހުށައެޅީ 114 ފޯމްކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

މިދިޔަމަހުގެ 13 ވަނަދުވަހުން ފެށިގެން ފޯމް ދޫކުރަމުން އަންނައިރު މިހާތަނަށް އެއްހާހަށްވުރެ ގިނަ ފޯމް ދޫކޮށްފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އޭދަފުށިން ދޫކުރަން ހަމަޖެހިފައިވަނީ 158 ގޯއްޗެވެ.

ކައުންސިލްގެ ނާއިބް ރައީސް ހައްވާ ސަމީހާ އީވީއަށް ވިދާޅުވީ ފޯމް ހުށައަޅަން އަންނަ މީހުންގެ އަދަދު މަދުނަމަވެސް އަންނަ ހަފްތާތެރޭގައި ގިނަ އަދަދެއްގެ ފޯމް ހުށައަޅާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް ނެގި ހުރިހާ ފޯމެއް ހުށައަޅާނެކަމަށް ނުބެލެވޭކަމަށްވެސް ހައްވަ ވިދާޅުވިއެވެ.

“އެކަކު ގެންގޮސްފާނެ ހަފޯމް ހަތްފޯމްވެސް. އެކަމަކު އެއްމެ ފޯމެއް ހުށަހަޅާފަވެސް އެބަހުރި. އެހެންވީމާ ގެންދިޔަ ހުރިހާ ފޯމެއް ހުށައަޅާނެކަމަށް ނުބެލެވޭ. އެކަމަކުވެސް އަންނަ ހަފްތާ ބާރުބޮޑުވާނެކަމަށް މިބަލަނީ. އެކަމަށް ކައުންސިލުންވެސް ތައްޔާރުވާނެ.” ހައްވަ ވިދާޅުވިއެވެ.

ތަފާތު އެކި މައްސަލަތަކާހެދި މިދިޔަ އަހަރު އޭދަފުށިން ދޫކުރުމަށް ސަރުކާރުން އަމާޒުކުރި 158 ގޯއްޗަށް އެދި ފުރުސަތު ހުޅުވާލީ މިމަހުގެ ބާރަވަނަ ދުވަހުއެވެ. ކައުންސިލުން ބުނީ ގޯއްޗަށް މިފަހަރު އިއްލާންކުރީ އިދާރީގޮތުން އިތުރު މައްސަލައެއް ނެތްކަތް ހުރިހާ ގޮތަކުންވެސް ޔަގީންކޮށްފައި ކަމަށެވެ. ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑިއަކަށް ހަމަޖައްސާފައިވަނީ 13 ފެބުރުވަރީ 2020 އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު