އަތޮޅު ފެރީގެ ދަތުރުވެރިންނަށް ”ވައިޓް ބައި 8އެސް”އިން ޚާއްސަ ޕެކެޖެއް

DSCN7235.jpg

ބ.އަތޮޅުގެ އަތޮޅުފެރީއިން އޭދަފުއްޓަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް އޭދަފުށީ ވައިޓްބައި 8އެސް ރެސްޓޯރެންޓުން މެންދުރު ކެއުމުގެ އަގުހެޔޮ ޕެކެޖެއް ތައާރަފް ކޮށްފިއެވެ.

ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރު 12 އިން ފެށިގެން 2 އާދެމެދު މި ޚިދުމަތް ލިބޭނެކަމަށް އެތަނުން މައުލޫމާތު ދެއެވެ.

ވައިޓް ބައި 8އެސްގެ އެކްޓިންގ މެނޭޖަރ، އަނޫޝް ބުނީ އިން މެންދުރު ފަރިއްކޮޅަކަށްވެސް ކަމުދާގޮތަށް ތައްޔާރު ކުރާ މި ޕެކެޖްގައި ހުންނާނީ ފްރައިޑް ނޫޑްލްސް ނުވަތަ ފްރައިޑް ރައިސް ކަމުގައެވެ. ޕެކޭޖްގައި ނޫޑްލްސް ނުވަތަ ފްރައިޑް ރައިސްގެ އިތުރުން ކޮންމެ ޕެކެޖެއްގައި ފެންފުޅިއަކާއެކު ޖޫސް ނުވަތަ ކަޅު ސައިގެ އިތުރުން ދުފުންވެސް ހިލޭ ލިބޭނެއެވެ. ޕެކެޖްގެ އަގަކީ 30ރުފިޔާ އެވެ.

އޭނާ އިތުރަށް ބުނީ މިއީ އަލަށް ތައާރަފް ކުރެވޭ ޕެކެޖެއްކަމުގައިވިޔަސް ކުރިމަގުގައި އާ ބާވަތްތަކެއްވެސް ތައާރަފް ކުރަން ނިންމާފައިވާ ކަމަށާ ދަތުރުވެރިންގެ ކޮމެންޓްތަކަށް ބަލާފައި އެބޭފުޅުން ބޭނުންވާ ގޮތަށް ޚިދުމަތް ދޭން ”ވައިޓް ބައި 8އެސް” އޮތީ ތައްޔާރަށް ކަމުގަ އެވެ.

”ވައިޓްބައި 8އެސް އިން ދެމުން ގެންދާ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކަސްޓަމަރުންގެ ޚިޔާލާއި މަޝްވަރާ ބޭނުންވާތީ އެތަނުގައި ހުންނަ “ޚިޔާލު ފޮއްޓަށް “ޚިޔާލު ހުށައެޅުއްވުމަކީ މެނޭޖްމަންޓުގެ ވަރަށް ބޮޑު އެދުމެއް. އަދި އެއީ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކަސްޓަމަރުންނަށް ވެދެވޭނެ ވަރަށް ބޮޑު އެހީއެއް. ” އެކްޓިންގ މެނޭޖަރ އަނޫޝް ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top