ޕީޕީއެމުން އޭދަފުށީ ކައުންސިލަށް ކުރިމަތިލާ 6 ކެންޑިޑޭޓުން ހޮވައިފި

85169772_184931909524520_2211439168486113280_o-1.jpg

އޭދަފުށީ ކައުންސިލަށް ކުރިމަތިލާ ކެނޑިޑޭޓުންގެ މެދުގައި ޕްރައިމަރީ އިއްޔެ ބާއްވައި އަންހެން 3 ކެނޑިޑޭޓް އަދި ފިރިހެން 3 ކެނޑިޑޭޓް ކަނޑައަޅައިފިއެވެ.

ޖުމްލަ 13 މެމްބަރު ބައިވެރިވި މިރޭހުގައި މިވަގުތު ކައުންސިލްގައި ތިއްބެވި މެމްބަރުންގެ ތެރެއިން ހަމައެކަނި ކާމިޔާބު ހޯއްދެވީ ޒައިދު އަލީއެވެ. ފިރިހެނުންގެ ތެރެއިން ދެން ކާމިޔާބު ލިބުނީ އަލީ ޝަފީޤް، އަދި އަބްދުﷲ ރަޝީދަށެވެ. އަންހެނުންގެ ތެރެއިން ކާމިޔާބު ލިބުނީ ކުރީގެ ކައުންސިލްގެ ރައީސް ނާޒްނީން ޔޫސުފާއި، ޒަހިއްޔާ އިބްރާހީމް އަދި އަރޫޝާ އަބްދުލްޤައްޔޫމަށެވެ.

ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީ ކައުންސިލުގެ މިހާރުގެ ރައީސް ތޮލާލު އަބްދުއްރަހްމާން، ނައިބް ރައީސް ހައްވާ ސަމީހާ އަދި މެންބަރު ޝަމްލާ ޢަބްދުﷲގެ އިތުރުން ޖިނާން ހަމީދު، މުހައްމަދު ނަސީރު، ފާތުމަތު ނުޒުހަތު އަދި އަޒުރާ ޢަބްދުއްރަހީމަށެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓް، ޕްރައިމަރީއަށް ނުގޮސް މުހައްމަދު ފާތިހު އަށް ވަނީ ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top