އާއަހަރާއެކު ބ.އަތޮޅު ރިސޯޓުތަކުގެ ސާވިސްޗާޖް މައްޗަށް ޖެހިލައިފި

HI407779764.jpg

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ސާވިސްޗާޖް، އާއަހަރާއެކު މައްޗަށް ޖެހިލައިފިކަމަށް ރިސޯޓު ތަކުގެ ސާވިސްޗާޖް މައުލޫމާތު ގެނެސް ދޭ “މޯލްޑިވްސް ސާވިސް ޗާޖް” ވެބްސައިޓުން ބުނެފިއެވެ.

އެވެބްސައިޓުގައި އާއްމު ކޮށްފައިވާ މިދިޔަ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުން އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ލނޑާގިރާވަރުގައި ހިންގަމުން އަންނަ ފޯސީޒަން ރިސޯޓުންނެވެ. އެރިސޯޓުން ސާވިސްޗާޖްގެ ގޮތުގައި ބަހާފައިވަނީ 2315ޑޮލަރު (35702ރ.) ރުފިޔާއެވެ.

ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖު ދިނީ އަނަންތަރާ ކިހަވައް ވިލާސް އެވެ. އަނަންތަރާއަކީ ބ.އަތޮޅުގެ ރިސޯޓުތަކަށް ބަލާއިރު މިދިޔަ އަހަރު، މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސްޗާޖް ދީފައިވާ ރިސޯޓެވެ. އެ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 28250ރު. މުވައްޒަފުންނަށް ބަހާފައިވެ އެވެ. ތިންވަނައިގާ އުޅެނީ މިލައިދޫ އައިލެންޑް ރިސޯޓެވެ. އެރިސޯޓުން ބޮލަކަށް ޖެހިފައިވަނީ 18897ރ.އެވެ.

18032ރު. އާއެކު ޖެނުއަރީމަހު ހަތަރުވަނައިގާ އުޅެނީ އަމިއްލަފުށި ރިސޯޓެވެ. މިދިޔަ އަހަރު ރަތް ވަނައިގާ ގިނަމަސްތަކެއް ވޭތުކުރި ޑުސިތުތާނީ ފަސްވަނައަށް ދިޔަ ނަމަވެސް އެރިސޯޓުންވެސް ވަނީ ސޯޅަހާހަށްވުރެ ބޮޑު އަދަދެއް ސާވިސްޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ބަހާފައެވެ.

ވައްކަރުން 15467 ރު.ބަހާފައިވާއިރު ސީސައިޑް ފިނޮޅުރިސޯޓުން 13072ރ. ބޮލަކަށް ޖެހިފައިވެ އެވެ. އެވެ.

މީގެ އިތުރުން އެ ވެބްސައިޓުގައި ބ.އަތޮޅުގެ ރިސޯޓުތަކުން ސާވިސްޗާޖް ދިންކަން ފާހަގަ ކޮށްފައިވަނީ 9190ރު. ދީފައިވާ ވެސްޓިން މިރިޔަންދޫއާއި 7771ރު. ދީފައިވާ ރީތިބީޗް ރިސޯޓެވެ.

“މޯލްޑިވްސް ސާވިސް ޗާޖް” ލިސްޓަކީ ރާއްޖޭގައި އޮޕްރޭޓް ކުރާ ރިސޯޓުތަކުގެ މުވައްޒަފުން ފޮނުވާ މައުލޫމާތަށް ބަލައިގެން ތައްޔާރު ކުރާ ލިސްޓެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top