އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސެންޓޭ

fasir.jpg

އަލީ ފާސިރު (ސެންޓޭ( ފޮޓޯ :އަލީ ފާސިރު ފޭސްބުކް

މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އާއި އެފްއޭއެމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް އަށް ކުޅޭ އޭދަފުށީ އަލީފާސިރު (ސެންޓޭ )ހިމަނައިފިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލި އިރު ސެންޓޭއަށް ޓީސީއަށް ތައްޓެއް ހޯދައިދެވިފައި ނުވިނަމަވެސް އޭނާ ވަނީ ޓީސީއަށް ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގެ ރަނަރަޕްކަން ހޯދަދީފައެވެ. މީގެ އިތުރުން ސެންޓޭވަނީ އޭނާ ޖެހި 34 ގޯލާއެކު  ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމާއި އަހަރުގެ ރަންބޫޓު ލިބުމުގެ ޝަރަފްވެސް ހޯދުމާއެކު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައެވެ.

މި އެވޯޑް ދިނުމުގެ ޖަލްސާގައި އެންމެ މޮޅު ކުޅުން ތެރިޔާ ހޮވުމުގެ އިތުރުން އެންމެ މޮޅު ކޯޗާއި އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން، އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ.

މި މަގާމުތައް ހޮވާނީ، ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން، ދެވަނަ ޑިވިޝަނުގެ ޓީމުތަކުގެ ކޯޗުންނާއި ކުޅިވަރު ނޫސްވެރިންގެ ވޯޓުންނެވެ.

މި އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 29 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top