މުދާ ހިފައިގެން ބ.އަތޮޅަށް ދަތުުރުކުރި ދޯންޏެއް ފަރަކަށް އަރައިފި 

26239938_1784035558314196_4630245609409458223_n-800x450-800x450.jpg

ނެލިވަރު ފަރަށް އަރާފައިވާ ދޯންޏެއް

މުދާހިފައިގެން ބ.އަތޮޅަށް ދަަތުރުކުރަމުން އައި ދޯންޏެއް މުދަލާއެކު ފަރަކަށް އަރައިފިއެވެ.

‘މަސް ނަނު’ ނަމަކަށް ކިޔާ މި ދޯނި ފަރަށް އަރައިފައިވަނީ ރޭ ފަތިހު 5:15 ހާއިރު ކ.ޒިޔާރަތްފުށި އިރު ދެކުނު ފަރާތު ފަރަށެވެ.

މައިގަނޑު މުދަލަކަށް މި ދޯނީގައި ހުރީ ހިލައާއި ހިލަވެލި ކަމަށް މައުލޫމާތު ލިބެއެވެ.

95 ފޫޓްގެ މި ދޯނި ފަރަށް އެރިކަމުގެ ޚަބަރު ކޯސްޓް ގާރޑްގެ އެމް.އާރް.ސީ.ސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 11:01 ގައެވެ. މި ޚަބަރު ލިބުމާއެކު އެމް.އެން.ޑީ.އެފްގެ ޑައިވަރުންގެ ޓީމެއް މިހާރު އެ ސަރަހައްދަށް ދިޔުމަށް ތައްޔާރު ވަމުންދާ ކަމަށް އެމް.އެން.ޑީ.އެފް އިން ވިދާޅުވިއެވެ.

މި ދޯނި ފަރަށް އެރި އިރު ދޯނީގައި ތިބީ ތިން ބިދޭސީންނާއި ދިވެއްސެކެވެ.

ދޯނީގެ ވެރިފަރާތުން ދަނީ މި ދޯނި ފުންކުރުމަށް އެހެން އުޅަނދެއްގެ އެހީތެރިކަން ހޯދަމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top