ފުރަތަމަ މެޗް ގޮއިދޫއަށް

22.jpg

މިއަދު ކުޅުނު ގޮއިދޫ-ކިހާދޫ މެޗް. ފޮޓޯ: އީޓީ

އޭދަފުށީގައި މިއަދު ފެށި ބ.އަތޮޅު ފުޓްބޯލް ޗެލެންޖްގައި ބައްދަލުކުރި ގޮއިދޫ- ކިހާދޫގެ މެޗް 5-0 ން ގޮއިދޫ މޮޅުވެއްޖެއެވެ.

މެޗްފެށިތާ އެންމެ 8 މިނިޓްތެރޭގައި ގޮއިދޫ ޓީމްގެ މުހައްމަދު ބައްސާމު އެޓީމަށް މިމުބާރާތުގެ ފުރަތަމަ ލަނޑުޖަހައި ޓީމްގެ ކުޅުންތެރިންގެ ހިތްވަރު އާކޮށްދިނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމްގެ ހަސަންސުޖާއު އިތުރު ލަނޑެއްޖަހައިދީގެން ލީޑް ފުޅާ ކޮށްދިނެވެ.

ދެވަނަހާފުގައިވެސް މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނީ ގޮއިދޫއެވެ. ގޮއިދޫގެ ތަޖްރިބާހުރި ކުޅުންތެރިންގެ ކުރިމަތީގައި ބައެއްފަހަރު ކިހާދޫ ކުޅުންތެރިންވެސް ގޮއިދޫ ޓީމްގެ ގޯލަށް ނުރައްކާ ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް ކިހާދޫ ކުޅުންތެރިންނަށް ލަނޑެއް ޖެހުމުގެ ފުރުސަތު ނުދީ އިތުރު 3 ލަނޑު ޖަހައިގެން ގޮއިދޫޫ ޓީމުގެ އަސްލު ފެންވަރު ދައްކާލިއެވެ.

މިއަދުގެ މެޗްގައި ކިހާދޫއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއްލިބި އެފުރުސަތުގެ ބޭނުން ނުހިފުނުކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.

މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕްއޭގެ މެޗެކެވެ. ބައްދަލުކުރާނީ މާޅޮހާއި ފުޅަދޫއެވެ.
މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top