މާހެފުމަކީ ބިދުއައެއް ނޫން: ޝައިޚް ޒައިދު

sheikh-zaid-dheenee-ilmuverin-pewbkjrmvuugkm4o8h1k86au4wht87lc6esgj5rw4w.jpg

ޝައިހް އަލީ ޒައިދު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހާއި ދިމާކޮށް ދިވެހިންގެ އާދައަކަށްވެފައިވާ ”މާހެފުމަކީ“ ބިދުއައެއް ނޫން ކަމަށާއި ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ބުނާ ބުނުމަކީ ސައްހަ ބުނުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިކަމާބެހޭ ގޮތުން ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާހެފުމަކީ ބިދުއައެއް ނޫން ކަމަށެވެ. އެއީ ދިވެހިން ސަގާފީގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ރަމަޟާން މަހާއި ދިމާކޮށް މާހެފުން ނުވަތަ ތަފާތު ކާއެއްޗެއްސާއެކު ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ގުޅުން ބަދަހި ކުރުމަކީ ރާއްޖޭގައި މިހާރު ފޯރި އާއެކު ކުރަމުން އަންނަ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top