”އިންޑިއާ އައުޓް“ހަރަކާތަށް ނައިފަރުގައި އޮތް ތާއީދު ދައްކާލައިފި

yamee-e1647691699846.jpg

ޅ.އަތޮޅުގައި “އިންޑިއާ އައުޓް” ހަރަކާތަށް އޮތް ތާއީދު ނައިފަރުން ދައްކާލައިފިއެވެ.

ނައިފަރުގައި މިއަދު ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން ނައިފަރަށް ވަޑައިގަތުމުން ޅ އަތޮޅުގައި އޮތް ތާއީދު ދައްކާލައިފި އެވެ.

ޅ.ނައިފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ރައީސް ޔާމީން ވަޑައިގެންނެވުމުން، ނައިފަރުން ވަނީ ރައީސް ޔާމީނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މުޅި ނައިފަރު އިންޑިއާ އައުޓް ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާއިރު، ރަށުގެ ބޮޑެތި މަގުތަކުގައި އިންޑިއާ އައުޓް ބެނާތައް ވަނީ ދަމާފައެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ޖަމާވި މީހުން ތިބީ އިންޑިއާ އައުޓް ޓީޝާޓުގައެވެ.

މިއީ މިހާތަނަށް އަތޮޅު ތެރެގައި ބޭއްވި “އިންޑިއާ އައުޓް” އެންމެ ބޮޑު ހަރަކާތެވެ. ރައީސް ޔާމީނަށް ނައިފަރުން މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިންނެވެ. ނައިފަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ހިންގެވި ރަށެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top