ބ.އަތޮޅު ފުޓްބޯލް ޗެލެންޖްކަޕް ފަށައިފި

eyd-team.jpg

މުބާރާތުގައި ބައިވެރިވާ އޭދަފުށި ޓީމް

އޭދަފުށީ ޔޫތު ސްޕޯޓްސް ފިހާރައިގެ ފަރާތުން ބ.އަތޮޅަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ” ބ.އަތޮޅު ފުޓްބޯލްޗެލެންޖެކަޕް” މިއަދު ހަވީރު އޭދަފުށީ ރަސްމީ ދަނޑުގައި ފަށައިފިއެވެ.

ބ.އަތޮޅުގެ 8ރަށުން ބައިވެރިވާ މި މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ބައްދަލު ކުރަނީ ގޮއިދޫއާއި ކިހާދޫއެވެ.

މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން ގްރޫޕް އޭގައި ހިމެނެނީ ގޮއިދޫ އާއި ކިހާދޫގެ އިތުރުން މާޅޮހާއި ފުޅަދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޑަރިކިލު، ދަރަވަންދޫ ،ފެހެންދޫ ގެ އިތުރުން އޭދަފުށްޓެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގޮއިދޫ ޓީމެވެ. އެއީ ފައިނަނުގައި އޭދަފުށްޓާ ބައްދަލުކޮށް އޭދަފުށި ބަލިކޮށްގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top