ރ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް މޫސުމީ އިންޒާރު!

IMG_20210513_100044540-800x600-800x600.jpg

އޭދަފުށި. މޫސުން ގޯސް ދުވަހެއް

މިހާރު ކުރަމުން މިދާ ވިއްސާރައިގާ މޫސުން ގޯސްވެ ރ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ 12:00 ގެ ނިޔަލަށް ރ އަތޮޅުން ފެށިގެން ތ އަތޮޅުގެ ނިޔަލަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި މި އަތޮޅުތަކަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ލަފާކުރެއެވެ.

މެޓް އޮފީހުން ކުރީން އޮތީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. އެ އެލާޓް ނެރެފައި ވަނީ މިރޭ 11:00 ޖެހުމާއި ހަމައަށެވެ.

ރާއްޖޭގެ މޫސުން ގޯސްވެ 11 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު މުޅި ރާއްޖެއިން 218 އަށްވުރެ ގިނަ ގެއަކަށް އުދައިގެ އަސަރު ކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފައި ވެއެވެ. ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ދިޔަ ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށް ލަފާކޮށް، ސަލާމަތީ ގޮތުން އަޅަން އެޅޭ ފިޔަވަޅުތައް ދުރާލައި އެޅުމަށް އެންޑީއެމްއޭ އިން ވަނީ ހަނދާން ކޮށްދީފައެވެ. އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖަހައި، ގޭތެރޭގައި ފެންބޮޑު ވެއްޖެ ހިނދެއްގައި ގެއްލުން ވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އެންޑީއެމްއޭއިން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top