އަންނަ އަހަރު ހުރިހާ ދަރިވަރުންނަށް ނާސްތާ ނުދޭނެ

img_md_202111020645481635860748.0403.jpg

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއާއި ނައިބު ރައީސް ފައިސަލް ނަސީމް ސްކޫލް ކުދިންތަކަކާއެކު.

މި ސަރުކާރުން ސްކޫލްތަކުގެ ދަރިވަރުންނަށް ދޭން ފެށި ނާސްތާ ޕްރޮގްރާމްގެ ދަށުން އަންނަ އަހަރުން ފެށިގެން ހުރިހާ ދަރިވަރުންނަށް ނާސްތާ ނުދޭން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރު ނާސްތާ ޕްރޮގްރާމްގައި ބައިވެރިވެވޭނީ މައިންބަފައިންގެ މާލީ ހާލަތު ނުވަތަ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ސްކޫލަށް ހާޒިރުވާއިރު ކާއެއްޗެއް ނުކައި އަންނަ ދަރިވަރުންނާއި، ސްކޫލަށް ހާޒިރުވާއިރު ރަނގަޅަށް ނުކެއުމުގެ ސަބަބުން ބަނޑުހައިވެފައި ތިބޭ ދަރިވަރުންގެ އިތުރުން އިންޓަވަލްއަށް އެއްޗެއް ނުގެނެވޭ ދަރިވަރުން ނަށް ކަމަށެވެ.

މި ޝަރުތުތައް ހަމަވާ ދަރިވަރުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެކަން އެ ދަރިވަރަކު ތައުލީމް ހާސިލް ކުރަމުންދާ ސްކޫލަކުން މިނިސްޓްރީ އަށް އަންގަން އެދިފައި ވެއެވެ.

މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމްގެ ދަށުން 821 ކުދިންނަށް ނާސްތާ ފޯރުކޮށްދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މާލެއާއި ރާއްޖެތެރޭގެ ސްކޫލުތަކުގައި ވެސް ކުރިއަށް ގެންދިޔަ ނާސްތާ ޕްރޮގްރާމް، މެދުކަނޑާލީ ކޮވިޑާއިއެކު ސްކޫލްތައް ބަންދުކުރުމުންނެވެ. އަލުން މިދިޔަ އަހަރުގެ ތެރޭ އެ ޕްރޮގްރާމް ފަށައިފައިވާއިރު މިހާރު ނާސްތާ ދެނީ ހަމައެކަނި އެންމެ ބޭނުންޖެހޭ ކުދިން ދެނެގަނެ، އެ ކުދިންނަށް ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top