ދެމަފިރިން ބްލެކްމެއިލް ކުރިމީހާގެ ބަންދަށް ފަސް ދުވަސް

big_7g181AwqIXi4TqfgxJDWzJ2j1-800x450-800x450.jpg

ތުޅާދޫ

ބ.ތުލާދޫގައި ބަރަހަނާ ވީޑިއޯތަކެއް ބޭނުން ކޮށްގެން ދެމަފިރިއަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި އެރަށުން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްފިއެވެ.

އެ މައްސަލަ މިދިޔަ ހުކުރު ދުވަހު ފުލުހަށް ހުށަހެޅި ނަމަވެސް ތުހުމަތުކުރެވޭ މީހާއަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން ތުޅާދޫގައި އިއްޔެ ވަނީ އެކަމާ ނުރުހުން ފާޅުކޮށް ރައްޔިތުންގެ ތެރއިން ބަޔަކު ނުކުމެ އިހްތިޖާޖު ކޮށްފައެވެ.

ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ތުޅާދޫއިން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ތުޅާދޫ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ބަންދަށް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކަމަށް ވެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން  ހާމައެއް ނުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top