ބައިކޮފީ، ޝާހިރު އާއެކު: އަރަމުންއަންނަ ޒުވާންތަރި ނިޝާމް

DSCN74471.jpg

ނިޝާމް އޭދަފުށީ ވޮއިސް "ބައިކަޅު ޝާހިރުއާއެކު" ސެގްމަންޓައަށް އިންޓަވިއުދެނީ. ފުޓްބޯޅައިގެ އަމާޒުތަކުގެ އިތުރުން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ގިނަވާހަކަ މިސެގްމަންޓާ ހިއްސާކުރި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

“ބައިކަޅު ޝާހިރުއާއެކު” މިސެގްމަންޓަކީ މިއަހަރު ރަމަޟާންމަހަށް ހާއްސަކޮށް ބ. އަތޮޅުގެ އެކިދާއިރާތަކުން ފާހަގަކޮށްލެވޭ މިހުންނާއެކު އޭދަފުށީ ވޮއިސްގެ ޒުވާން ރިޕޯޓަރ ޝާހިރު އަހްމަދު (ބީ) ގެނެސްދޭ ހާއްސަ ސެގްމަންޓެކެވެ. މިހަފްތާ މިގެނެސްދެނީ މިސިލްސިލާގެ ފުރަތަމަ ބޮޅެވެ.

އޭދަފުއްޓާ ފުޓްބޯޅައަކީ ގުޅިފައިވާ ޒަމާންވީ ދެ އެކުވެރިންކަން އެންމެންވެސް ގަބޫލު ކުރާނެއެވެ. ފުޓްބޯޅައިގެ މޮޅު ތަރިންތަކެއް ޖީލަކަށް ފަހު ޖީލެއް އޭދަފުށިން އުފައްދައެވެ. މި ޖީލުގެ ތަރިންގެ ތެރެއިން މިހާރު އެންމެ ވިދާ އެއްތަރިއަކަށް ހަމަގައިމުވެސް ބ. އޭދަފުށީ ދުންތަރި ނިޝާމް މުހައްމަދު ރަޝީދު ވާނެއެވެ. އުމުރުން އަދި ކިރިޔާ ވިހި އަހަރުވީ ނިޝާމް، ފުޓްބޯޅަ ދަނޑުތަކުގައި މަޝްހޫރު ވެފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ “ޕޮގްބާ” ގެ ނަމުންނެވެ. ރާއްޖޭގެ ޗެންޕިއަން ކްލަބް ޓީސީ ސްޕޯޓްސް އަށް ކުޅެމުންއަންނަ ނިޝާމްއަކީ ޒުވާން ގައުމީ ޓީމްގެވެސް މެދުތެރެ ބެލެހެއްޓުމުގެ ބޮޑުޒިންމާއެއް އޮތް ކުޅުންތެރިއެކެވެ. ނިޝާމްގެ ޕާސަނަލް އަދި ޕްރޮފެޝަނަލް ދާއިރާގެ ބައެއް ކަންކަމާބެހޭގޮތުން އީވީގެ ރިޕޯޓަރ ޝާހިރު ކުރި ސުވާލުތައް މިއޮތީއެވެ.

ބުނެދިފާނަންތަ ޕޮގްބާއަކި މި ކިހިނެއް ކިއުނު ނަމެއް؟

ފާއްޓޭ (އަލީ ފާސިރު )ކީ ނަމެއް އެއީ. އެއީ ކުރިން ފުޓްބޯޅަ ކުޅެން އުޅުނު އިރު މަޝްހޫރު އިންޓަނޭޝަނަލް ފުޓްބޯޅަ ކުޅުން ތެރިޔާ ހޫރު  ޕޮގްބާ ކުޅޭ ސްޓައިލާ ވައްތަރުކަމުން ކީ ނަމެކޭ ބުނީ

ފުޓްބޯޅައިގައި މިހާހިސާބަށް އާދެވިދާނެކަމަށް އުއްމީދުކުރިންތަ؟

ކުޑައިރު އުއްމީދުކުރިން ފަސްޓް ޑިވިޜަންގެ ކްލަބެއްގަ މާލޭގަ ކުޅެން

ބީޓް ކުރަން އެންމެ އުނދަގޫ ކުޅުންތެރިއަކީ ކާކު؟

ކެޕްޓަން މަޖިއްޓޭ ވަރަށް އުނދަގޫ ބީޓް ކުރަން. ދެން ކަނޫޓޭ (އަބްދުﷲ އަބޫބަކުރު). ވަރަށް އުނދަގޫ ޑިފެންޑަރެއް ކަނޫޓޭއަކީ. މެދުތެރެއިން ފާއްޓޭވެސް ވަރަށް ޓަފް

ގައުމީ ޓީމަށް އެރުމަކީ ކޮންމެ ކުޅުންތެރިއެއްގެވެސް އުއްމީދަކަށް ވަނީ. ގައުމީ ކޯޗް ނިޝާމްއާމެދު ދެކެނީ ކިހިނެއް؟

ކޯޗް ބުނީ ވަރަށް ބޮޑު އުއްމީދެއް އެބައޮތޭ. ބުރަކޮަށް މަސައްކަތް ކުރާށޭ. މޮޅު ކުޅުންތެރިއަކަށް ވާނޭ ތިގޮތުގަ ހިފަހައްޓައިފިއްޔާ

 

ފުޓްބޯޅައިގައި ޓާގެޓަކީ ކޮބާ؟

ޓާގެޓަކީ ބޮޑު ގައުމީ ޓީމަށް އެރުން. ދެން މިދާއިރާއިން ރާއްޖޭގެ ވަނަތަކެއް ހޯދުން

ފުޓްބޯޅައިގަ ކުރިޔަށްދާން އެންމެބޮޑު އެހީއެއް ލިބެނީ؟

އެންމެ ބޮޑަށް އެހީވަނީ މަންމަ އާއި ބައްޕަ ދެން ފާއްޓޭމެން ޓީމް

މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ބޭނުންވާ ޒުވާނުންނަށް ދޭން އޮތީ ކޮންކަހަލަ ނަސޭހަތެއް؟

މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވާން ޑިސިޕްލިން އެންމެ މުހިއްމުވާނީ. ދެން ހިތްވަރު ދެރަނުކޮށް ކުރިޔަށް ދާންޖެހޭނީ. ކެއުމާ، ނިދުމުގެ ކަންކަން ވަރަށް ބަރާބަރަށް ގެންދަންޖެހޭނީ. ރޭގަނޑު ބޭރުގަ ގިނަވަގުތު ނޫޅެ އަވަހަށް ނިދުމާ މިކަހަލަ ކަންކަން ރަނގަޅު ކޮށްގެންކާމިޔާބު މޮޅު ކުޅުން ތެރިއަކަށް ވެވޭނީ.

މިހާތަނަށް ފުޓްބޯޅައިން ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ކޮބާ؟

ނިޝާމް: ޒުވާން ގައުމީ ޓީމްގެ ކެޕްޓަން ބޭންޑް އެންމެ ބޮޑު ކާމިޔާބަކީ. ދެން މިއަހަރު ޓީސީއަށް ޗެންޕިއަންކަން ލިބުމަކީވެސް ކެރިއަރުގެ ބޮޑު ކާމިޔާބެއް.

ބައްޕައަކީ ގޮއިދޫ މީހެއް. މަންމަ އޭދަފުށި. ފުޓްބޯޅައިގަ އޭދަފުއްޓާ ގޮއިދޫއަކީ ބޮޑު ދެވާދަަވެރިން. ނިޝާމްއަކީ ކޮންރަށެއްގެ ކުޅުންތެރިއެއް؟

އޭދަފުށީ ކުޅުންތެރިއެއް.

އެންމެ މީރުވަސްދުވާ ސެންޓަކީ؟

ސީކޭގެ ކޮންމެ ސެންޓެއްވެސް

އެންމެ މަގްބޫލް ފުޓްބޯޅަ ކުޅުންތެރިޔަކީ؟

ކަކާ

އެންމެ މަގުބޫލް ޝަޚްސިއްޔަތަކީ ؟

ކުރީގެ ރައީސް މައުމޫން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top