ބ.އަތޮޅު ހޮސްޕިޓަލްގެ ރަން ޔޫބީލް ހަރަކާތްތައް ކުރިއަށް

28377504_991077297712912_64452461203528961_n.jpg

ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުމާ ގުޅިގެން ރަންޔޫބިލްގެ ހަރަކާތްތައް ކުރިއަށް އެބަގެންދެއެވެ.

ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރިފައިވަނީ އިއްޔެއެވެ. މި މުނާސާބަތާ ގުޅިގެން ހޮސްޕިޓަލްގެ ގޯތި ތެރެވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ.

މި މުނާސަބަތު ފާހަގަކުރުމުގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އޮތީ ރަންޔޫބީލް ކޭކު ފެޅުމުގެ ރަސްމިއްޔާތެވެ. ކޭކު ފަޅައިދެއްވީ ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު އާއި ކޮމިއުނިޓީ ހެލްތު ސްޕަވައިޒަރު ސިދުޤީ އަބްދުﷲގެ އިތުރުން، އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ސީނިއާ ސްޓާފުންގެ ބައިވެރިވުމާއެކުއެވެ.

ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި މުނާސަބަތު ފާހަގަކުރަން ނިންމާފައިވަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ހަވީރު އޭދަފުށީގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ބާއްވާނެ އެވެ.

ރަން ޔޫބީލްގެ ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަަޖައްސާފައިވަނީ މިއަހަރުގެ ސިއްހަތު ދުވަހާ ގުޅުވައިގެން އަންނަ އޭޕްރިލް މަހުތެރޭގައެވެ.

ބ.އަތޮޅުގައި ސިއްހީ ޚިދުމަތް ދިނުމަށް ބ.އަތޮޅު ހެލްތް ސެންޓަރގެ ނަމުގައި އޭދަފުށީގައި ރަސްމީ މަރުކަޒެއް ހުޅަވާފައިވަނީ 1 މާޗް 1968 ގައެވެ. ހެލްތްސެންޓަރުގެ ނަން ބ،އަތޮޅު ސިއްހީ މަރުކަޒަށް ބަދަލުކުރީ 1982 ގައެވެ. އަދި ބ.އަތޮޅުހޮސްޕިޓަލް ގެ ނަމަށް ބަދަލުކޮށްފައިވަނީ 2001 ވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top