މާރިކިލު ހިންގި ޑްރަގް އޮޕަރޭޝަންގައި ނުވަ މީހުން ހައްޔަރުކޮށްފި

411297_3_f32504487f23cff683407e73ff7965cb36a0e595_large.jpeg

މަސްތުވާ ތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން

ބ. އަތޮޅުގެ ފަޅުރަށެއްކަމުގައިވާ މާރިކިލުގައި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބުނީ، މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި މާރިކިލުން މި ނުވަ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ހުރި ކަމަށްވެސް ފުލުހުން ވިދާޅުވެފަައި ވެއެވެ.

އެ މައްސަލައިގައި ތިން ދިވެހިންނާއި ހަ ބިދޭސީންނާއެކު ޖުމްލަ ނުވަ މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އެއީ؛

މ. ޖަވާހިރުވާދީ، މާލެ، އަލްހާން ރަޝީދު ހުސައިން 49، ޏ. ފުވައްމުލައް ދިގުވާނޑު، ހޮލެންޑް، މަރިޔަމް ރިފާއު 25، ރ. އިނގުރައިދޫ، ވަފާ، އަބްދުލް މުހުސިން ހަސަން 65، އިންޑިއާ، ކުމަރެސަން ޗިންނައިއަ، 20، އިންޑިއާ، ދިނޭޝް ސައްމިޔައްޕަން، 29، ސްރީލަންކާ، އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، 39، ސްރީލަންކާ، ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، 46، ސްރީލަންކާ، ސަބެޝަން ނަހާރަޖަ، 31 ސްރީލަންކާ، އަދި މުހައްމަދު މައްސޫދު، 46 ބަންގްލާދޭޝް،އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު މުހުސިން ވަނީ ދޫކޮށްލައިފަ އެވެ. ބާކީ ތިބި އަށް މީހުންގެ ބަންދަށް 15 ދުވަސް ވަނީ އިތުރު ކޮށްފަ އެވެ.

މާރިކިލަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top