މަތީ އަރުތަވެރިންގެ އިނާމު 1800 އަށްވުރެ ގިނަ ދަރިވަރުންނަށް!

ޖހކޖހގވ.jpg

ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، މިއަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން މަތީ އަރުތަވެރިންގެ އިނާމު ހޯދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު ބާއްވާ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޚާއްސަކޮށްފައިވަނީ 2023 އަދި 2024 ވަނަ އަހަރު ގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާން ތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށެވެ.

މި ރަސްމިއްޔާތު އޮންނާނީ 21 އަދި 22 ޖޫން 2025 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހުއެވެ. 5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.

މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވާސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top